ޚަބަރު
ގާސިމަށް 5 މިލިއަން ރުފިޔާ ދިން ކަމަށް ޖާބިރު ކުރާ ތުހުމަތު ގާސިމް ދޮގުކޮށްފި
ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ހަ މިލިއަން ރުފިޔާ ދިން ކަމަށް ބުނެ އޭނާ ދައްކާ ވާހަކަ ޖުމްހޫރީ ޕާޓީން ދޮގު ކޮށްފިއެވެ.

ގާސިމް އަށް ފަސް މިލިއަން ރުފިޔާ ދެއްވާފައި ވަނީ 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށާއި، އެގޮތުން ސިޔާސީ ކަންކަމަށް ހަރަދު ކުރުމަށްޓަކައި ރައީސް ސޯލިހު އާއި 13 މިލިއަން ރުފިޔާ ހަވާލު ކުރެއްވި ކަމަށް، އަދި އޭގެ ތެރެއިން ސިޔާސީ މަސައްކަތަށް ފަސް މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ގާސިމް ވިދާޅުވުމުން، އެ ފައިސާ ގާސިމްއާއި ހަވާލު ކުރެއްވީ ހުދު ރައީސް ސޯލިހު މެދުވެރިވެގެން ކަމަށް ބުނެ ޖާބިރު ވަނީ "ވަގުތު" ނޫހަށް މައުލޫމާތު ދެއްވާފައެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގާސިމަށް ފަސް މިލިއަން ރުފިޔާ ދިން ކަމަށާއި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރައްވައި ޖާބިރު ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅައިފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ ގާސިމަށް، އަބްދުﷲ ޖާބިރު، މިދިޔަ ރިޔާސީ އިންތިޚާބަށް ފައިސާ ތަކެއް ދިން ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ހަދާ ދޮގެއް ކަމުގައި ދަންނަވަން ގާސިމް އިބްރާހީމް ވިދާޅުވެފައިވާ ކަމަށެވެ.

ޖޭޕީން ބުނީ ޖާބިރު މިފަދަ ބުހުތާން ވާހަކަ ދެއްކުން ވަގުތުން ހުއްޓާލާ، ހެއްދެވި ފަރާތައް އަވަހަށް ތައުބާ ވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ޖާބިރުގެ އަމަލުތައް ފަހަކަށް ހުރި ގޮތުން އޭނާގެ ހޭބުއްދި ސަލާމަތުން ހުރިތޯ އޭނާ އާ ގުޅޭ ފަރާތް ތަކުން ބެލުމަށްވެސް ވަނީ ޖޭޕީން ވަނީ ގޮވާލާފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ދެއްވި ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނެ އެ މައްސަލައިގައިވެސް ޖާބިރު ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު