
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމުތަކަށް ހަވާލުވުމަށް ބޭއްވި ޖަލްސާގައެވެ.ގިނަ ދުވަސްތަކަކަށް ފަހު ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ "ދޮގު ހަދަން ނަމަވެސް ރިޔާސީ ނިޒާމްގައި ރައީސްކަމަށް ވާދަކުރައްވާ ބޭފުޅަކު ހުރިހާ ރައްޔިތުން ކައިރިއަށް ދާން." ޖެހޭނެ ކަމަށެވެ."ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރައްވާ ބޭފުޅަކާއި އޭނާގެ ނައިބުގެ މަގާމަށް ވާދަކުރައްވާ ބޭފުޅަކު ދެފައި އެއްތާ ނުޖަހައި ހުރިހާ ރަށަކަށް ގޮސް އެމީހުންގެ ތަކުލީފުތަކަކީ ކޮބައިތޯ ބަލައި ކޮށްދެވެން އޮތް ކަމެއް ވިއްޔާ ނޯޓް ކޮށްގެން އެކަމެއް ކޮށްދެވޭތޯ އިހްލާސްތެރިކަމާއިއެކު މަސައްކަތް ވެސް ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." ގާސިމް ވިދާޅުވިއެވެ.ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ގާސިމް އިތުރަށް ވިދާޅުވީ، އެއްވެސް ޝައްކެތް ނެތް ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނީ ރިޔާސީ ނިޒާމެއް އޮތުމުންކަމަށެވެ. އަދި ރިޔާސީ ނިޒާމެއްކަމަށް ވިއަސް، އަދި ބަރުލަމާނީ ނިޒާމެއްކަމަށްވިއަސް، ވެރިކަން ބިނާވެ، އާރާސްތުވެގެންދާނީ، ވެރިކަމަށް އަންނަ މީހެއްގެ ހުރި ތެދުވެރިކަމާއި، އިހުލާސްތެރިކަމާއި އެބޭފުޅަކަށް ލިބިފައި ހުރި ތަޖުރިބާއެއްގެ މައްޗަށްކަމަށެވެ. އެމީހެއްގެ ގައިގައި އެ ފެންވަރު ނެތިއްޖެނަމަ އެ ވެރިކަމެއް ފެއިލްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.ރިޔާސީ ނިޒާމެއްގައި، ރަޢީސްއަކަށް ހުންނަ މީހަކު މަދުވެގެން އަހަރަކު އެއް ފަހަރު ރައްޔިތު މީހާ ކައިިރިއަށްގޮސް އެމީހުންގެ ހާލު ބަލަންޖެހޭކަން ފަހަގަކުރައްވާ ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގައި މިފަދަ ކަންކަން ނޯންނާނެކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ރަނގަޅުވާނީ ރިޔާސީ ނިޒާމުކަން ގާސިމް ފާހަގަކުރެއްވިއެވެ.ރާއްޖޭގެ އާމްދަނީ އިތުރުކޮށް ތަރައްގީ ގެނައުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އާގާނޫނު އަސާސީ ކަމަށް ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވަން އޮތީ ވެރިކަމަށް ނިޒާމް ބަދަލު ކުރަން ދިވެހި ރައްޔިތުން ނުވިސްނާށޭ. އަޅުގަނޑު ވަރަށް އާދޭހާއިއެކު ދަންނަވާނީ އެއީ ހެއްލުމަކާއި ގެއްލުމެކޭ. ވަކި މީހަކު ވެރިކަމަށް ގެންނަން ކުރާކަމެކޭ އެއީ." ގާސިމް ވިދާޅުވިއެވެ. ގާސިމް މިހެން ވިދާޅުވެފައިވަނީ ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ގާނޫނު އަސާސީއަށް ބަދަލު ގެނެސް ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ކަމަށް ބުނާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ޕެޓިޝަނެއް ހަދަމުންދާ ދަނޑިވަޅުގައެވެ.ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކުރަން ފަށާފައިވާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކޮށް ދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.