
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް އާސިމް މުހައްމަދު ވިދާޅުވީ، ސިޔާދު ގާސިމް އައްޔަނުކޮށްފައިވަނީ ނޮން އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައި ކަމަށެވެ.ސިޔާދުއާއެކު މިހާރު އެ ކުންފުނީގެ ބޯޑުގައި ތިއްބެވީ ހަ ބޭފުޅުންނެވެ. އެއީ ބޯޑުގެ ޗެއާމަން މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު)އާއި ޑރ.އިބްރާހީމް މަހުފޫޒާއި، އިބްރާހީމް ނޫރުއްދީނާއި އަޙްމަދު އައިމަން މޫސާއާއި އައިޝަތު އަރުޝާއާއި އިބްރާހީމް ސިޔާދު ޤާސިމެވެ.އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާގެ މަޤާމުގައި ހުންނެވި އިނގިރޭސިވިލާތަށް ނިސްބަތްވެވަޑައިގަންނަވާ ގޯޑެން އެންޑްރޫ ސްޓުއާޓު ފާއިތުވި މަސްތެރޭ އެ މަޤާމުން ވަކިކުރުމާއެކު ބޯޑުގެ މަޤާމުތަކުގެ ތެރެއިން ކުންފުނީގެ އެމްޑީގެ މަޤާމު މިހާރު އޮތޯ ހުސްކޮށެވެ.