އެމްއެންޔޫގެ ކުޅުދުއްފުށި އަދި ތިނަދޫ ކެމްޕަސްއަށް މެނޭޖަރުން އައްޔަންކޮށްފި
ތިނަދޫ އަދިކުޅުދުއްފުށީ ކެމްޕަސް އަށް މެނޭޖަރުން އައްޔަނުކުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯސަން
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ހދ. ކުޅުދުއްފުށީ ކެމްޕަސް އަދި ގދ. ތިނަދޫ ކެމްޕަސްއަށް މިއަދު މެނޭޖަރުން އައްޔަންކޮށްފި އެވެ.

އެ ބޭފުޅުންނާ މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް އެވެ.

އެމްއެންޔޫގައި މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖަރަކަށް އައްޔަނުކޮށްފައިވަނީ ޑރ. މުހައްމަދު އުމަރެވެ. އުމަރު ވަނީ ތައުލީމީ ދާއިރާއިން ޑޮކްޓާ އޮފް ޕިލޯސަފީ އާއި މާސްޓާސް އޮފް އެޑިއުކޭޝަން އަދި ބެޗްލާސް އޮފް ސެކަންޑަރީ އެޑިއުކޭޝަން ފުރިހަމަ ކުރައްވާފައެވެ. އުމަރު ވަނީ 2021 ވަނަ އަހަރު ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކެޝަންގެ ސީނިއާ ލެކްޗަރާއެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ. އަދި ހަމަ އެ ފެކަލްޓީގެ ލެކްޗަރާއެއްގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އުމަރު މަސައްކަތް ކުރައްވާފައިވެއެވެ.

ތިނަދޫ ކެމްޕަހުގެ މެނޭޖަރަކަށް އައްޔަނުކޮށްފައިވަނީ މުހައްމަދު ޝަމީމެވެ. މުހައްމަދު ޝަމީމު ވަނީ މާސްޓާސް އޮފް އެޑިއުކޭޝަން އަދި ބެޗްލާސް އޮފް ސައިންސް (މެތެމެޓިކްސް، ސްޓެޓިސްޓިކް) ފުރިހަމަ ކުރައްވާފައެވެ. އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ކެމްޕަސް މެނޭޖަރުކަމާއި ލެކްޗަރާއެއްގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެންވެސް ޝަމީމް މަސައްކަތް ކުރައްވާފައިވެއެވެ.

ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތަކުގެ މެނޭޖަރުން އައްޔަން ކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެމްއެންޔޫ އިން، މާލެ ހިމެނޭ ގޮތަށް ފަސް ރަށެއްގައި ކެމްޕަސް ހިންގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ތިނަދޫ އަދި ކުޅުދުއްފުށީގެ އިތުރުން، ލ. ގަން އަދި އައްޑޫ ހިތަދޫ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު