ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ކަރަންޓު ބިލުން ޑިސްކައުންޓް ދެނީ
އައިމިނަތު ޝިޔާޒާ
08 އޭޕްރީލް 2024 - 22:17
0
comments
Tweet
Telegram
ހދ. ކުޅުދުއްފުށީގައި މި ރޯދަމަހު ކަރަންޓުގެ މައްސަލަ ބޮޑުވުމުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 ޕަސެންޓްގެ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން މިއަދު ނިންމައިފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި ރަމަޟާން މަހު ދިމާވި ގިނަގުނަ ގޮންޖެހުންތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.
އަދި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުންދާ ޔަޤީންކަން އަރުވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން މިހާރު ވެސް އައު ޖެންސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކަމުން ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.
މި ރޯދަމަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން އާންމުން އުފުލަން ޖެހުނު ތަކުލީފުތަކަކީ އެ ކުންފުނިން ކަންބޮޑުވެ، ހިތާމަކުރާ ކަމަކަށް ވާތީ، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން މި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ މިދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުން ދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެ ކުންފުނިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހދ. ކުޅުދުށްފުށީ ސިޓީގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ލިބުމުގައި މި ރަމަޟާން މަހު ދިމާވި ގިނަގުނަ ގޮންޖެހުންތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ." އެ ބަޔާނުގައިވެ އެވެ.
ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން މިފަހުން އެރަށަށް ވަނީ ޖަނަރޭޓަރެއް ފޮނުވާފައި އެވެ.
މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، ރަށްރަށުގައި ހުރި ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށާއި، މިހާރު އެ އިންޖީނުގެތަކުގައި ހުރި ޖަނަރޭޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ދުވަސް ކުރިން
0
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުމުން ފަރުވާ ދެނީ
24 ދުވަސް ކުރިން
0
10 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަން އިމާރާތްކުރަން ފެނަކަ، އާރުޑީސީ، އެމްޓީސީސީއަށް
1 މަސް ކުރިން
0
ފުލުހުންގެ 75 މަރުކަޒު އަޅަން ސޮއިކޮށްފި
1 މަސް ކުރިން
0
ނުވަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އަޅަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންނަށް ލިބޭ ކޮންމެ ކުރިއެރުމަކާ މެދު ގައުމީ ލޯބި ހުންނަ މީހުން ފަހުރުވެރިވާނެ: ރައީސް
6 ގަޑިއިރު ކުރިން
0
ހިޔާވަހި ފައިނޭންސިން ސްކީމަށް ފަހުން ކުރެހުން ހުށަހެޅޭ ގޮތަށް ހަދަން ނިންމައިފި
9 ގަޑިއިރު ކުރިން
0
މިނިސްޓަރު ސައީދު ވިދާޅުވަނީ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަ ކަމަށް
11 ގަޑިއިރު ކުރިން
0
މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
12 ގަޑިއިރު ކުރިން
0