ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދިފާއީ ހެއްކަކަށް ވާތީ މެމްބަރު ސައީދު މިއަދުގެ ޝަރީއަތުން ނެރެފި
އަލީ ރާޒީ
06 ސެޕްޓެމްބަރ 2022 - 15:51
0
comments
މެމްބަރު ސައީދު (ކަނައަތުން ފަހަތުގައި) މިއަދުގެ ޝަރީއަތް ދޫކުރައްވައި ވަޑައިގަންނަވަނީ
Tweet
Telegram
ވ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހެެއްކެއް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މިހާރު ކުރިއަށްދާ އަޑުއެހުމުގައި އޮތީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ. ޒިޔަތުގެ ހެކިބަސް ނެގި އިރު ސައީދު ޝަރީއަތުގެ މަޖިލީހުގެއި އިންނެވި އެވެ.
ނަމަވެސް، ޝަރީއަތުގެ މަޖިލިސް މެދުކަނޑާލުމަށް ފަހު، އަދީބުގެ ހެކިބަސް ނެގުމަށް އަލުން ޝަރީއަތް ފެށުމުން ދައުލަތުން ވަނީ ސައީދު އެ މާލަމުގައި އިންނެވުމުން އެކަން ފާހަގަކޮށްފަ އެވެ.
މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވެސް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި އިނުމެކޭ ގޭގެ ސިޓިންރޫމްގައި އިނުމެކޭ މި ޝަރީއަތުގައި ތަފާތެއް ނެތް ކަމަށެވެ. ނަމަވެސް ކޯޓުގެ އާންމު އުސޫލަކީ ހެކިވެރިއެއް ކަމަށްވާ ނަމަ އެ ހެކިވެރިޔަކު ހާޒިރުކުރަން އޮންނަ ޝަރީއަތުގެ މަޖިލީހަށް ނޫނީ ނުވައްދާ ކަމަށެވެ. އެހެންވެ ގާޒީ ނިންމެވީ ސައީދު ޝަރީއަތުގެ މަޖިލީހުން ނެރުމަށެވެ.
"މި ޝަރީއަތުގައި ޝަރީއަތުގެ މަޖިލީހުގައި އިނުމެކޭ ނުވަތަ ގޭގެ ސިޓިންރޫމްގައި އިނުމެކޭ ތަފާތެއް އޮތް ކަމަކަށް ޝަރީއަތުން ނުދެކެން،" ގާޒީ ޝަކީލް ވިދާޅުވި އެވެ.
ސައީދު ޝަރީއަތުގެ މަޖިލީހުން ނެރުނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ފަހު ޝަރީއަތް މެދުކަނޑާލައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް ނެގުމުގެ ކުރިންނެވެ. އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަން ނިންމާފައި ވަނީ ދައުވާ ލިބޭ ފަރާތުން އެގޮތަށް ކުރިން އެދުމުންނެވެ. އެއީ އެކަކު އަނެކަކުގެ ވާހަކަތައް އަހައި ވަކި ގޮތަކަށް ހެކިބަސް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ އެވެ.
އިސް ގާޒީ މިއަދު ވިދާޅުވި ގޮތުގައި އަދީބާއި ޒިޔަތުގެ ކޯޓަށް ހާޒިރުކޮށްފައި ތިބީ ހެކިބަހަށް ނުފޫޒު ނުފޯރާ ގޮތަށް، ދިފާއުން އެދުނު ކަންކަން ހާސިލްވާ ގޮތަށް ކަމަށެވެ.
އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ހެކިބަސް ނެގުމެވެ. ހެއްކެއްގެ ގޮތުގައި އަދީބު ހުށަހަޅާފައިވަނީ ދައުލަތުގެ ފަރާތުންނެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
ކަނޑު ހޯދުމުގެ ވައުދާ އެކު ޔާމީން 2028 ގައި ވާދަކުރައްވަނީ
3 މަސް ކުރިން
0
ޔާމީނަށް ދައުވާކުރާ މައްސަލަތައް ރިވިއުކުރަން ޕީޖީގައި އެދެފި
5 މަސް ކުރިން
0
ބީއެމްއެލް ހަބޭހަށް ސިޔާސީކޮށްފި: ޔާމީން
5 މަސް ކުރިން
0
ސުޕްރީމް ކޯޓުގެ މައްސަލަ ނިމެންދެން އާރަށު މައްސަލަ މަޑުޖައްސާލަން ނިންމައިފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ: ފަސްޓްލޭޑީ
5 ގަޑިއިރު ކުރިން
0
ގާޒާއިން ރައްޔިތުން ބޭލުމުގެ ވިސްނުން ރާއްޖޭން ކުށްވެރިކޮށްފި
5 ގަޑިއިރު ކުރިން
0
މީކާއިލާ ގުޅޭ ޕޯސްޓެއް އެޑިއުކޭޝަނުން އަންގައިގެން ޑިލީޓްކުރި މައްސަލައެއް ފެންމަތިވެއްޖެ
21 ގަޑިއިރު ކުރިން
0
ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން އަޅާފައިވާ ދޯނިތައް ނަގަން އަންގައިފި
21 ގަޑިއިރު ކުރިން
0