ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބިރުވެރި ސިއްކަ ދުވަސް އެނބުރި އަތުވެއްޖެ: ރައީސް ޔާމީން
މަރިޔަމް އަނާ
03 ނޮވެމްބަރ 2022 - 11:59
0
comments
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން
Tweet
Telegram
ސްރީލަންކާގެ ތަމަޅައިން 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 03 ވަނަ ދުވަހުގެ ހަމަލާ އާއި ގުޅިގެން ރާއްޖޭގައި ފާހަގަ ކުރާ ނަސްރުގެ ދުވަހުގެ ހަނދާންތައް އާކޮށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޅެމެއް ޓުވިޓާގައި މިއަދު އާންމު ކުރައްވައިފި އެވެ.
މިގޮތުން އެމަނިކުފާނު ކުރެއްވި ޓުވީޓުގައި މިދުވަސް ސިފަކުރައްވާފައިވަނީ "ބިރުވެރި ސިއްކަގެ" ދުވަހުގެ ގޮތުގައެވެ. ބެލެވޭ ގޮތުގައި ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ 3 ނޮވެމްބަރު ގެ އުދުވާނީ ހަމަލާގައި ބައިވެރިވުން އޮވެގެން ޝަރީއަތަށް ސާބިތުވެ އަދަބު ލިބުނު ސިއްކަ އަހުމަދު އިސްމާއިލް މަނިކަށެވެ. ސިއްކަ އަހުމަދު އިސްމާއިލަކީ މިހާރުގެ ފަސްޓް ލޭޑީ ފަޒްނާގެ ބައްޕައެވެ. އަދި ތަމަޅައިން ގޮވައިގެން ދިވެހިރާއްޖެ ހިފަން އައި ލަޝްކަރުގައި އިސްކޮށް ހުރީ ހާޖަރާގެ އަބްދުﷲ ލުތުފީގެ އޭރު ވިޔަފާރި ޕާޓްނަރެވެ.
ރައީސް ޔާމީންގެ ޅެމުގައި ވިދާޅުވީ ތިނެއް ނޮވެމްބަރުގައި ދިވެހީން ގަތުލުކޮށް ދިން އަނިޔާތަކަށް ތިރީސް ހަތަރު އަހަރުވިޔަސް ނިމުމެއް ނެތް ކަމަށެވެ. އެދުވަހު ގައުމު ދިފާއުކުރި އަބްތާލުންގެ ނަން ކިލަނބުކޮށްފައިވާ ކަމަށާއި އަދި އެ ދުވަހު ބަލިވި މީހުން އެ ދުވަސް ފާހަގަ ކުރަން ބޭނުންނުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ 34 އަހަރު ކުރިން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު، މާލެއަށް ދެވުނު އުދުވާނީ ހަމަލާގައި ދިވެހި އަށް ސިފައިންގެ އޮފިސަރުންނާއި 11 އާންމުންގެ މީހުން ޝަހީދުކޮށްލާފައިވެ އެވެ. މި ދުވަހަކީ ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކު ރާއްޖެ އައިސް ދިން އެހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.
މިއަދު ނަސްރުގެ ދުވަސް ފާހަގަކުރާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތްފަހުން ނަސްރުގެ ދުވަސް ފާހަގަކުރަން މާބޮޑު ކަމެއް ނުކުރައްވައެވެ. ފާއިތުވި އަހަރު ނަސްރުގެ ދުވަހު އެމަނިކުފާނު ޓުވީޓުކޮށްފައިވެސް ނުވާއިރު ދައުލަތުގެ މީޑިއާއިން އެ ދުވަހާއި ގުޅޭ ހާއްސް ޕްރޮގްރާމެއްވެސް ގެނެސް ނުދެއެވެ.
އެދުވަހު ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަކުރި ސިފައިންނަކީ ފިނޑި ފިނދަނަ ތަކެކޭ މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީވެސް ވިދާޅުވެފައިވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ދުވަސް ކުރިން
0
އިންޑިއާ އައުޓް ކެމްޕޭނަށް ނިކުންނާނަން: ޔާމީން
7 ދުވަސް ކުރިން
0
ރައީސް ޔާމީން މިނިވަންކުރަން ހައިކޯޓުން ހުކުމްކޮށްފި
8 ދުވަސް ކުރިން
0
ޔޫސުފް ނައީމްގެ ހުކުމް ބާތިލްކޮށް އަލުން ބަލަން އަންގައިފި
8 ދުވަސް ކުރިން
0
ޔާމީން މިނިވަން ވާނެ ކަމަށް އުއްމީދު ކުރަން: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
7،000 އަށް ވުރެ ގިނަ ކުދިންނާ އެކު އޯލެވެލް އިމްތިހާނު ފަށައިފި
20 ގަޑިއިރު ކުރިން
0
ނޮޅިވަރަމް ދާއިރާ އަށް ހޮވި މުހައްމަދު ރަޝީދު ވެސް ޕީއެންސީ އަށް
20 ގަޑިއިރު ކުރިން
0
ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ޝަހީދު
2 ދުވަސް ކުރިން
0
ހުޅުމާލެ އަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަން ފިހާރައެއް
2 ދުވަސް ކުރިން
0