ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޖަނާޒާ ބާއްވައިފި
އަލީ ރާޒީ
05 ނޮވެމްބަރ 2022 - 20:48
0
comments
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު
Tweet
Telegram
ފުލުހުންގެ ހައްޔަރުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދު(މާޓީ)ގެ ޖަނާޒާ ބާއްވައިފިއެވެ.
އަބްދުﷲ ރަޝީދުގެ ޖަނާޒާ ބޭއްވީ މިރޭގެ މަޣްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
ހޯނޑެއްދޫން އޭނާ ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭނާ ގެންދިޔައީ ވެސް މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.
ފުލުހުން ވިދާޅުވީ، އޭނާ ނިޔާވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.
މާޓީގެ ޖަނާޒާ މިއަދު ބާއްވާފައިމިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ވެސް ގެންދިއުމަށް ފަހު އެވެ. އާއިލާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އިހުމާލުންނެވެ.
މާޓީގެ މަރާ ގުޅިގެން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މި ހާދިސާގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްކަން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުންގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީވެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ނެޝަނަލް އިންޓެގްރޭޝަން ކޮމިޝަން (އެންއައިސީ) އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންނެވެ. ހަށިގަނޑުގެ ޕޯސްޓްމޯޓަށް ހެދުމަށް ނިންމީ އެންއައިސީންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
ހޯނޑެއްދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި
6 މަސް ކުރިން
0
ދަނޑުވެރިކަމަށް ގދ. ކަންނިގިއްލާ ކުއްޔަށް ދޫކުރަން ހުޅުވާލައިފި
7 މަސް ކުރިން
0
ޒަކިއްޔާގެ މަރުގެ ތަހުގީގަށް ޕޮލިހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް
7 މަސް ކުރިން
0
ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮތް އަންހެނެއް ފެނިއްޖެ
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
10 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
10 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
13 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
17 ގަޑިއިރު ކުރިން
0