
ފުލުހުން ބުނީ ހޮޅުދޫގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓު ލިބިގެން އެޓެންޑުވެ، އެ ރަށު ހެލްތު ސެންޓަރަށް އޭނާ ގެންދިޔަ ކަމަށެވެ. ގެންދިޔުމުން އޭނާ އޮތީ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.ނިޔާވެފައިވަނީ އެ ރަށު 50 އަހަރުގެ ޒަކިއްޔާ މޫސާއެވެ. އޭނާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބިއިރު، ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ އޭނާއާއެކުގަ އެވެ."އެ މީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިދަނީ ބަލަމުން،" މީޑިއާތަކަށް ހާއްސަ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ފުލުހުން ބުންޏެވެ.އެނގިފައިވާ ގޮތުގައި ފުލުހުންގެ ފޮރިންސިކް ޓީމެއް ވެސް ހޮޅުދޫގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.