މަރާމާތަށް އަމީނީ މަގުން ބަންދުކުރާ ސަރަހައްދު. - ފޮޓޯ: ފުލުހުން
އަމީނީ މަގު މަރާމާތު ކުރާ ބައި މިރޭ ދަންވަރުން ފެށިގެން ޓްރެފިކަށް ބަންދު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އަމީނީމަގު މަރާމާތްކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމެންޓް ފެށުމަށް ހަމަޖެހިފައިވާތީ މިރޭ 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށެވެ.
ފުލުހުން ބުނީ، ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް ބަންދުކުރާނެ ކަމަށެވެ.
މި ބަދަލާ އެކު ދެން އެ އިއްޒުއްދީން މަގުން އަމީނީމަގަކަށް ނުނިކުމެވޭނެ އެވެ. އަމީނީ މަގުގައި ތާރު އެޅީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ގެންދިޔަ އެ މަޝްރޫއު ނިންމާލެވުނީ ވެރިކަން ބަދަލުވެ، 2024 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އެ މަސައްކަތް ނިމުނުތާ ދެ އަހަރު ވެސް ނުވަނީސް ފަހުން ހެދި ބައި ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ހާއްސަކޮށް މާފަންނުކޮޅުން ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުން ފެށިގެން ދަރުމަވަންތަ ޕާކާ ހަމައަށް ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ.