ޚަބަރު
ޔޯގާ ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތް: އީސީ
ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުން ކުރިއަށް ދަނިކޮށް އެ ތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގުމުގައި ޕީޕީއެމްގެ ބައިވެރިވުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ސަރުކާރުގެ އިސް ބައެއް ވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެންޓުން ގަލޮޅު ދަނޑުގައި ތިއްބަވަނިކޮށް ބަޔަކު ވަދެގަތީ މި ހަރަކާތާ ދެކޮޅަށް އަޑުއުފުލުމަށް އެ ތަނުގެ ބޭރުގައި ގިނަ އިރުތަކެއް ވަންދެން ތިބުމަށް ފަހު އެވެ. ދަނޑުތެރެއަށް ވަދެގަތް މީހުންގެ ތެރެއިން ބަޔަކު ވަނީ އެތާ ތިބި ބައެއް މީހުންނަށް ހަމަލާދީ، ބައެއް ސާމާނަށް ވެސް ގެއްލުން ދީފަ އެވެ.

ޖޫން 21، ވީ އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ފެށި ޔޯގާ ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ.

މި މައްސަލައިގައި 23 މީހަކު ހައްޔަރު ކުރި ނަމަވެސް، ޕީޖީ އޮފީހުން މި މަހުގެ ކުރީކޮޅު ދައުވާކުރަން ފޮނުވީ 18 މީހަކަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވުނު އެންމެ ހައިޕްރޮފައިލް މީހުންގެ ތެރޭގައި ހިމެނޭ ޕީޕީއެމްގެ އިސްމާއީލަށް ޕީޖީން ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފަ އެވެ.  

އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް އޭގައި ހަރަކާތްތެރިވެފައި އޮތަސް އެ ކަމެއް ހިންގީ ޕީޕީއެމްގެ ހުއްދައާއި ތާއީދު ލިބިގެން ނޫން ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ބައިވެރިވުން އޮތް ކަމަކަށް ނިންމެން ނެތް ކަމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
78%
11%
11%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު