ޚަބަރު
ރައީސް ޞާލިހު ގެންދަވަނީ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުން: ދިޔާނާ
ގާނޫނު އަސާސީން ލިބިދޭ ބާތުތަކުގެ ބޭނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް ކުރީގެ ބަންޑާރަނައިބު، ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް އިންތިޚާބެއްގެ މެދުތެރެއިން، އެކަމުގެ ޒަރޫރަތެއް ނެތް ބަޔަކަށް ސިޔާސީ މަގާމު އުފައްދާ އެ ދިނުމަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހުރަސް އެޅުންކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަނީ ކަމަށް ދިޔާނާ ސިފަކުރެއްވިއެވެ. 

ރައީސް ޞާލިހުގެ ކެމްޕެއިންގައި ސަރުކާރު ކުންފުނިތަކަށް ނިސްބަތްވާ މުވައްޒަފުން ބައިވެރިވާން މަޖުބޫރު ކުރުވާ މައްސަލަ މީގެ ކުރިންވެސް ވަނީ މިނިވަން ވެފަ އެވެ. އެގޮތުން ބައެއް ޖަލްސާތަކުގައި ހާޒިރީ ބަލައިގެން ނުދާ މުވައްޒަފުންގެ ނަން ނޯޓު ކުރަމުން ގެންދާކަމަށް ވާހަކަ ދެކެވެ އެވެ.


އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.  

ކިޔުންތެރިންގެ ޝުއޫރު
25%
25%
25%
25%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު