ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގާސިމް ނިންމަވައިފިނަމަ ޕީޕީއެމަށް ދާނަން، ދޮރު ހުރީ ހުޅުވިފަ: އާރިފް
އަލީ މިދުޙަތު
14 ފެބުރުއަރީ 2023 - 18:18
0
comments
މިއަދު ޖޭޕީން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގެ ތެރެއިން
Tweet
Telegram
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާ ކޮންމެ ގޮތެއް ގަބޫލު ކުރައްވާނެ ކަމަށް ޖޭޕީގެ ލީޑަޝިޕުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް ވިދާޅުވީ ގާސިމް އިބްރާހިމް ނިންމެވީ ޕީޕީއެމްއާ ގުޅިވަޑައިގެން ކުރިއަށް ދިއުމަށް ކަމަށްވާނަމަ އެ ޕާޓީއާ އެކު ވެސް ކުރިއަށް ދާނެ ކަމަށެވެ.
“ޕީޕީއެމްއާ ގުޅިވަޑައިގެން ކުރިއަށް ދިއުމަށް ކަމަށްވާނަމަ އެ ޕާޓީއާ އެކު ވެސް ކުރިއަށް ދާނެ. އެމްޑީޕީއާއި އެކު ކުރިއަށްް ވަޑައިގަތުމަށް ނިންމަވައިފިނަމަ އެ ޕާޓީއާ އެކުވެސް ކުރިއަށް ދާނެ” އާރިފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތިބީ ވަރަށް ސާބިތުކަމާއެކު ގާސިމް އިބްރާހިމްގެ އަރިހުގައި. ގާސިމް އިބްރާހިމް ނިންމެވީ ޕީޕީއެމާ އެކު ދާން ކަަމަށް ވެއްޖިއްޔާ ދާންވީ. އެމްޑީޕީ އާއެކު ކަމަށް ވެއްޖިއްޔާ ދާނަން. އިހަދުވަހުވެސް ދިޔައިންތާ ކޮމަންޑޫ ދާއިރާއަށް ގޮސްފައި އެމްޑީޕީއަށް ގޮނޑިއެއް ހޯދާދިނިން،"
އާރިފް ވިދާޅުވީ ހުރިހާ ދިމާއަކަށް ޖުމްހޫރީ ޕާޓީގެ ދޮރު ހުރީ ހުޅުވިފައި ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށާ ޖޭޕީ އޮންނާނީ އެ ގޮތުގައި ކަމަށެވެ.
ދިވެހިންގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ގާސިމު ކުރެއްވި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރައްވާނެ ކަމަށް އާރިފް ވިދާޅުވި އެވެ.
ޖޭޕީގެ ކޮންގްރެސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ 2013 ވަނަ އަހަރު ޕީޕީއެމް އަށް ވެރިކަން ލިބުނީ ގާސިމް ކޯލިޝަން ހެދުމުން ކަމަށާއި އަދި 2018 ވަނަ އަހަރުގެ އިންތިހާބު ވެސް ދިޔައީ ހަމަ އެގޮތަށް ކަމަށެވެ.
"ގާސިމް އިބްރާހިމް ދެއްތޯ މި ނިންމަވަނީ. އެމަނިކުފާނު އަރުއްވާ ކޮޅަކަށް މިހާތަނަށް އިންތިހާބުތައް ކާމިޔާބު ކުރެވިފައި ހުރީ." ރިޔާޒު ވިދާޅުވި އެވެ.
ގާސިމް ނިންމެވުންތައް ނިންމަވަނީ ބަޔަކު ޕްރެޝަރުކޮށްގެން ނޫން ކަމަށާއި ކޮންމެ ނިންމުމެއް ކޮންމެ ގޮތެއް ނިންމެވި ނަމަވެސް ހުންނަވާނީ ގާސިމާއެކު ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީން ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށް އަލީ އާރިފް ވަނީ ފާހަގަކުރައްވާފަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވާ 168 ކައުންސިލް މެންބަރުންގެ ނިންމުމުގެ މައްޗަށް ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
ޖޭޕީގެ ކޮންގްރެސްގައި ގާތްގަނޑަކަށް 900 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށްވެސް ޖޭޕީން ވަނީ ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަން ސޮއިކޮށްފި
4 މަސް ކުރިން
0
ގާސިމްގެ ހަރަދުގައި މާމިގިލީ ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
4 މަސް ކުރިން
0
ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލަން މިހުރީ ތައްޔާރަށް: ގާސިމް
4 މަސް ކުރިން
0
ހަޔާތުގެ ގިނަ ވާހަކަތަކާ އެކު ގާސިމްގެ ބަޔޮގްރަފީ ފޮތް ނެރެފި
ކިޔުންތެރިންގެ ޝުއޫރު
55%
9%
9%
27%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
5 ގަޑިއިރު ކުރިން
0
ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
5 ގަޑިއިރު ކުރިން
0
މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި
5 ގަޑިއިރު ކުރިން
0
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ރައީސަށް ފޮނުވައިފި
6 ގަޑިއިރު ކުރިން
0