ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް، ނައިބު ކަމަށް ނަހުލާ ކުރިމަތިލައްވައިފި
މަރިޔަމް އަނާ
18 ފެބުރުއަރީ 2023 - 18:07
0
comments
Tweet
Telegram
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އެ ޕާޓީގެ މިހާރުގެ ވެސް ލީޑަރު ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރުގެ މަގާމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ކުރިމަތިލައްވައިފި އެވެ.
ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ޖޭޕީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދު 12:00 ޖެހިިއިރު ހަމަވެފައިވާއިރު ލީޑަރު ކަމަށް ގާސިމު ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާ ކަމަށެވެ.
ޖޭޕީގެ ނައިބް ލީޑަރު ކަމަށް ކިތައް ބޭފުޅުން ކުރިމަތިލެއްވިތޯ އެހުމުން އަލީ ސޯލިހް ވިދާޅުވީ ނައިބް ލީޑަރުންގެ ވާދަވެރިކަން މިފަހަރު ވަރަށް ބޮޑު ކަމަށެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުން ހޮވާނީ މިމަހުގެ 24 އިން 25 ވަނަ އަށް ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގަ އެވެ.
ޖޭޕީގެ އަސާސީ ގަވައިދު ބުނާ ގޮތުގައި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރާނީ ޕާޓީގެ ލީޑަރެވެ. ފަސް އަހަރުގެ މުއްދަތަކަށް ޖޭޕީގެ ލީޑަރަކު ހޮވަނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގަ އެވެ.
ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
މާމިގިލީ ކައުންސިލުން ފުރަތަމަ ފަހަރަށް ޖޭޕީގެ މެޖޯރިޓީ ގެއްލިއްޖެ
4 މަސް ކުރިން
0
ގާސިމްގެ ތާއީދު ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް
4 މަސް ކުރިން
0
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަންޖެހޭ ކަމެއް: ގާސިމް
5 މަސް ކުރިން
0
ގާސިމްގެ ހަރަދުގައި މާމިނގިލީގައި ބިނާކުރި މިސްކިތް ހުޅުވައިފި
ކިޔުންތެރިންގެ ޝުއޫރު
50%
25%
25%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއް
2 ގަޑިއިރު ކުރިން
0
އުރީދޫން ދޭ ތިންވަނަ އޭޓީވީގެ ނަސީބުވެރިޔާ ހޮވައިފި
2 ގަޑިއިރު ކުރިން
0
އައްޑޫ ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހާއްސަ ކުންފުންޏެއް ރައީސް އުފައްދަވައިފި
2 ގަޑިއިރު ކުރިން
0
ދިވެހިރާއްޖޭގެ ރަށްތައް މަރައިލުން!
9 ގަޑިއިރު ކުރިން
0