ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައްޔިތުން ސޯލިހަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނުފެނޭ: އަލީ އާޒިމް
އަލީ ރާޒީ
19 ފެބުރުއަރީ 2023 - 00:19
0
comments
Tweet
Telegram
މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި އެ ޕާޓީގެ ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރޭ ރަސްމީކޮށް ޓިކެޓް ވަނީ ހަވާލުކޮށްފަ އެވެ.
ނަމަވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ އެއްވެސް މެމްބަރަކު ފެންނާކަށް ނެތެވެ.
އާޒިމަކީ ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރެކެވެ. ނަޝީދަށް ވަރަށް ބޮޑަަށް ތާއީދު ކުރައްވާ އެމަނިކުފާނުގެ އެންމެ ވަފާތެރި މެންބަރުންގެ ތެރެއިން ބޭފުޅެކެވެ.
އާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމަށް އެންމެ ގިނަވެގެން ވެސް ލިބިވަޑައިގަންނަވާނީ 40 ހާސް ވޯޓު ކަމަށެވެ.
އެއީ ވޯޓުލާ މީހުންގެ %15 ޕަސެންޓު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. ރައީސް އިބަރާހިމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރޭ ހަވާލުކުރައްވާފައިވާއިރު، އެ އިންތިޚާބާ ބެހޭ މައްސަލައެއް ވަނީ ކޯޓަށް ވެސް ހުށަހަޅައިފައެވެ.
ޕާޓީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިނުގަންނަވާ ޖަލްސާގައި އެމްޑީޕީން ރޭ ރަސްމީކޮށް ރައީސް ސޯލިހަށް ޓިކެޓް އެރުވިއިރު، ނަޝީދުގެ ގާތް ބޭފުޅަކު ވަނީ ޕްރައިމަރީ ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
ޕްރައިމަރީގެ ދާއިމީ ނަތީޖާ މި މަހު 2 ގައި އެމްޑީޕީން ވަނީ އިއުލާންކޮށްފަ އެވެ. އެއީ:
1- ޕާޓީގެ ރައީސް މުހައްމަދު ނަޝީދު: 15،641 ވޯޓު (%38.90)
2- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: 24،566 ވޯޓު (%61.10)
ނަޝީދު ވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ގޮތްޕެއް ހައްދަވަން ފައްޓަވާ ވަކި ފެކްޝަނެެއް ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. އެ ހަރަކާތަށް ބައި ލައްކަ ސޮއި ހަމަކޮށް ރިޔާސީ ކެންޑިޑޭޓަކު ނެެރުމާމެދު ގޮތް ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
11 ދުވަސް ކުރިން
0
ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީން ބައިވެރިވާން ނިންމައިފި
14 ދުވަސް ކުރިން
0
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދައިފި
14 ދުވަސް ކުރިން
0
މިހާރުގެ ވަޒީރުން އުޅެނީ ޕާޓީކުރާކަށް ނޫން: ފަލާހް
18 ދުވަސް ކުރިން
0
މެއި އެއްވަނަ ދުވަހު އެމްޑީޕީގެ ބޮޑު އެއްވުމެއް ބާއްވަނީ
ކިޔުންތެރިންގެ ޝުއޫރު
33%
17%
17%
33%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެމްޓީސީސީން ކުޑަގިރިއަށް ފެރީ ދަތުރުތައް ފަށައިިފި
3 މިނެޓް ކުރިން
0
އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން އުޅޭގޮތުން އެޗްއާރްސީއެމް ކަންބޮޑުވެއްޖެ
23 މިނެޓް ކުރިން
0
ވިނަރެސްގެ ޓަވަރެއްގައި އެޗްޑީސީގެ އޮފީހެއް ހުޅުވައިފި
3 ގަޑިއިރު ކުރިން
0
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލު ކުރަނީ
3 ގަޑިއިރު ކުރިން
0