
ޔާމީންގެ ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރެއްވި ކަން ކަށަވަރުކޮށް ދެއްވައިފައެވެ.ޖަމީލް ވިދާޅުވީ ރާއްޖޭގައި ގާނޫނު ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށެވެ. ވަކި ހުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް ކަމަށް އޭނާ ވިދާޅުވިއެވެ."ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ޖުޑީޝަރީއެއް އޮވެގެން. ވަކި ހުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާއި އޯޑިއޯ ލީކުވުން ފަދަ ކަންތައް ގޯސް. އިންޝާﷲ، ކާމިޔާބުވާނެ،" ޖަމީލް ވިދާޅުވި އެވެ.މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.