އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް އައްޔަންކޮށްފި އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ގައިސް އައްޔަންކޮށްފައިވާ ކަމަށް އެޗްޑީސީގެ ބައެއް އޮފިޝަލުން ޔަގީންކޮށްދީފައިވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭން ކޮށްދެއްވުމަށްޓަކައި ބްރޯޑްކޮމްގެ ނައިބް ރައީސްގެ މަގާމުންނާއި މެންބަރުކަމުން ގައިސް އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އޭނާއަށް ކުރިއެރުން ދިނީ ސެޕްޓެމްބަރު، 2022، ގަ އެވެ. އެއާއެކު، މިއަދާ ހަމައަށް ވެސް ޑެޕިުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ ހުސްކޮށެވެ.