
ފުލުހުން މިއަދު ބުނީ، ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 19:06 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގައިފައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.މީގެ ކުރީގައިވެސް ބުޅަލަށް އަނިޔާކޮށް މަރާލާފައިވާ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް، ދައުވާވެސް ކޮށްފައިވެ އެވެ. ޖަނަވާރުންނަށް އަނިޔާ ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު އިދާރާތަކަށް ލިބިގެންވެ އެވެ.