
މިހާރު ލޯކަލް މާރުކޭޓް ހުރި ބިމުގައި 'މާލޭ ވެޓް މާރުކޭޓް ކޮމްޕްލެކްސް' ނަމުގައި އެތަން ތަރައްގީކުރަން ހަވާލުކުރީ، 'ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ' އެވެ. އެއްބަސްވުމުގައި ޓްރަސްޓެން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. މީގެ އިތުރުން އެ ކޮންޓްރެކްޓްގެ އަގަކީ 126359594.94ރ. ކަމަށްވާއިރު، ކޮންޓްރެކްޓްގެ މުއްދަތަކީ 600 ދުވަސް ކަމަށް މިނިސްޓްރީން ބުނެ އެވެ.އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަމށް ބަލާލާއިރު، 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުން، ބޭސްމަންޓް ގައި ޕާރކިން، ގްރައުންޑް ފްލޯ ގައި ފިޝް މާރުކެޓް، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯ ގައި ވެޖިޓަބަލް މާރުކެޓް، 4 ވަނަ ފްލޯ ގައި ފުޑް ކޯޓެއް ގާއިމުކުރުން ހިމެނެ އެވެ.