ތިލަމާލެ ބްރިޖުގެ 40 ޕަސެންޓް މަސައްކަތް ނިމިއްޖެ
އަލީ ރާޒީ
11 ޖުލައި 2024 - 20:17
0 comments
ތިލަމާލެ ބްރިޖު އަޅަން ވިލިމާލެ ފަޅުތެރޭގައި ޖަހާފައިވާ ތަނބުތައް.-- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓް
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ސަރުކާރުން ހަދާ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 40 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖީނިއަރުންގެ ޓީމެއް މިއަދު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް، ސައިޓަށް ވަޑައިގެން ބައްލަވާލައްވައިފަ އެވެ.އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބްރިޖުގެ ނިމިފައި އޮތީ 29 ޕަސެންޓް ކަމަށެވެ. ނަމަވެސް މިހާރު ބްރިޖުގެ 40.47 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ އެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ކިޔުންތެރިންގެ ޝުއޫރު