ޚަބަރު
ތިލަމާލެ ބްރިޖުގެ 66 ޕަސެންޓް މަސައްކަތް ނިމިއްޖެ
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ސަރުކާރުން ހަދާ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުގެ 66 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މުޅި މަޝްރޫޢުގެ %66.26 މަސައްކަތް ނިމިފަވާކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ 3 ރަށް ގުޅާލާ ތަނބުތައް ޖެހުމުގެ މަސައްކަތް މުޅިން ނިމިފަވާއިރު، ތަނބުތަކުގެ މަތީ ސްޓްރަކްޗަރގެ %98 މަސައްކަތް ވަނީ ނިމިފަ އެވެ. މި މަޝްރޫޢުގައި ތަނބުތަކުގެ މަސައްކަތައް 263 ހޮޅި ވަނީ ފައްތާފައެވެ.

މާލެއާއި ވިލިމާލެއާއި ދެމެދުގެ ތަނބުތަކުގެ ހުރިހާ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. އަދި މައިގަނޑު މަސައްކަތެއްގެގޮތުގައި ކުރިއަށްދަނީ ތަނބުތައް ގުޅާލުމުގެ މަސައްކަތެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ތިލަމާލެ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 2، 2022 ގައެވެ. ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަމުންދާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯމީޓަރު ދިގު ބްރިޖެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު