ޚަބަރު
ބޭނުން ނުކޮށް މާލެ މަގުމަތީ ހުރި 281 އުޅަނދު ނައްތާލައިފި
ނައްތާލުމަށް ގެންދާ އުޅަނދުތަކެއް --- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ބަހައްޓާފައިހުރި 281 އުޅަނދެއް ނައްތާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ނައްތާލި އުޅަނދުތަކުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ހަލާކުވެގެން ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ކާރުތައް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ މަގުތަކުގައި ގިނަ ދުވަސް ވަންދެން، ގަވާއިދާ ހިލާފަށް ބަަހައްޓާފައި ހުރި ވެހިކަލްތަކެވެ.


މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން ޖުމުލަ 281 އުޅަނދެއް ނައްތާލާފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެ އެވެ. މާލޭގެ މަގުތަކުގައި، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގެ ދެ ފަރާތުގައި ހަތަރު ފުރޮޅުލީ ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން މާލޭގެ ތޮއްޖެހުން ބޮޑުވެ، ޝަކުވާ އިތުރުވެ މިހާރު އަންނަނީ ވެހިކަލްތައް ޓޯކުރަމުންނެވެ.  

ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ، ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ.

މީގެއިތުރުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު