ޚަބަރު
ޖޭޕީން ދާއިރާގެ ރައީސުން ހޮވަނީ
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ދާއިރާތަކުގެ ރައީސުން ހޮވަން ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭޕީން ކުރި އިއުލާނެއްގައި ބުނީ އިދާރީ ދާއިރާތަކުގެ ދާއިރާ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ އެޕާޓީގެ މެންބަރުން އޭޕްރީލް 20 ދުވަހުގެ މެންދުރުފަހު 03:00 ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރުމަށްފަހު ޕާޓީގެ ނަމްބަރު 7478414 އަށް ވަޓްސްއެޕް ކޮށްދިނުން އެދޭކަމަށެވެ.

ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަން ޖެހޭ ތަކެތި ޖޭޕީގެ ހެޑްކްއާޓާޒް މ.ކްނޫޒް އަށް ވެސް ހުށަހެޅޭނެ ކަމަށާއި ނުވަތަ admin@jumhooreeparty.org,mv އީމެއިލް ވެސް ކުރެވޭނެ ކަމަށް ޖޭޕީން ބުނެއެވެ. ޖޭޕީން ބުނީ ދާއިރާތަކުގެ ދާއިރާ ރައީސުންގެ އިންތިހާބާއި ގުޅޭ އިތުރު މައުލޫމާތު ޕާޓީގެ ނަމްބަރު 3014908 ފޯނަށް ގުޅުމުން ސާފުވާނެ ކަމަށެވެ.

ޖޭޕީން މިދިޔަ މަހު ގައުމީ ކޮންގްރެސް ބާއްވައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ވެސް ކޮށްފައިވެ އެވެ. ޖޭޕީގެ ލީޑަރަކީ ގާސިމް އިބްރާހީމެވެ. އެ ޕާޓީން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރަން ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.


ކިޔުންތެރިންގެ ޝުއޫރު
40%
60%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު