އެމްއެމްއޭގެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ހުނައިދާ ޔާސިރު
16 ޖޫން 2026 - 13:11
0 comments
މަރުކަޒީ ބޭންކް އެމްއެމްއޭ - ފޮޓޯ/ އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، (އެމްއެމްއޭ) ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސްކޮލަރޝިޕްއަށް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫން ވަނަ ދުވަހުގެ 14:00 އެވެ. 
އެމްއެމްއޭއިން ހުޅުވާލާފައިވާ ސްކޮޕަރޝިޕް ފުރުސަތުތައް:
* ބެޗްލަރ އޮފް އެކައުންޓިންގ، ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
* މާސްޓަރ އޮފް ލޯސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
* މާސްޓަރ އޮފް އިކޮނޮމިކްސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ
* ޕީ.އެޗް.ޑީ، އިންސީފް ޔުނިވަރސިޓީ، މެލޭޝިޔާ
- ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ
- ޕީ.އެޗް.ޑީ. އިން އިސްލާމިކް ފައިނޭންސް (ރިސަރޗް)، ނުވަތަ
- ޕީ.އެޗް.ޑީ. އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް)
މި ސްކޮލާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ކޯހުގެ ޓިއުޝަން ފީއާއި ޔުނިވަސިޓީއަށް ދައްކަން ޖެހޭ އެހެނިހެން ފީތަކުގެ އިތުރުން ގިނަ އިނާޔަތްތަކެއް ދޭނީ މަރުކަޒީ ބޭންކުންނެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ހަރަދާއި، ފޮތް ގަތުމަށް ދެވޭ އެލަވަންސާއި، އެސްޓެބްލިޝްމަންޓް އަދި ޑިޕާޗާ އެލަވަންސް ވެސް ހިމެނެ އެވެ. އަދި ހަމައެހެންމެ، ވިސާ ހޯދުމަށް ހިނގާނެ ހަރަދާއި ޞިއްހީ އިންޝުއަރެންސްގެ ކަންކަން ވެސް އެމްއެމްއޭއިން ހަމަޖައްސައި ދޭނެ އެވެ.ކޯސް ފުރިހަމަކުރުމަށްފަހު، މި ސްކޮލަޝިޕްގެ ދަށުން ކިޔަވާ ފަރާތްތަކުން 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފަ އެވެ.މި ފުރުސަތަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެމްއެމްއޭއިން ކަނޑައަޅާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އެ ބޭންކުން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް އެމްއެމްއޭގެ ޓްރެއިނިން ސެކްސަނާ ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ޝުއޫރު