ޕްލޭނިން މިނިސްޓްރީން 46.55 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ރ. ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.
މި މަޝްރޫއުގެ ދަށުން 31،726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 15،252 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމާއި 1،920 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 6،001 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 172.30 މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.މީގެ އިތުރުން 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 1،884 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބީކަން ހަރުކުރުމާއި މޫރިންގް ބްލޮކްސް ހަރުކުރުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފަ އެވެ."ނަމަވެސް ކިނޮޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިހާރު ނިމިފައިވުމާ އެކު މި ރަށުގެ ރައްޔިތުންނަށް މިވަނީ ކުރިއަށް ވުރެ ޖާގަ ތަނަވަސް، ޒަމާނީ ރީތި ބަނދަރެއް ލިބިފަ އެވެ،" އެމްޓީސީސީއިން ނެރުނު ބަޔާނެއްގައިވެ އެވެ."އަދި ބަނދަރާ އިންވެގެން އޮންނަ ދެ ފަރާތުގެ ގޮނޑުދޮށް ސަރަހައްދުގައި މިހާރު ގްރޮއިންސް ޖަހާފައިވުމާ އެކު ކުރިން ބަނދަރަށް ވެލި ވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް ހައްލު ލިބިގެންދާނެ އެވެ."