ޚަބަރު
ކިނޮޅަސް ބަނދަރުގެ އިންސައްތަ މަސައްކަތް ނިމިއްޖެ
ރ. ކިނޮޅަސް ބަނދަރުގެ 84 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ކިނޮޅަހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ބަނދަރު ފުންކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. ބޭރު ތޮށީގެ ގޮތުގައި 65 މީޓަރުގެ ސަރަހައްދެއްގައި ޖަހާ ރިވެޓްމަންޓްގެ މަސައްކަތުގެ ބޮޑުބައެއްވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ބޭރު ތޮށީގެ މި މަސައްކަތުން ނުނިމެނީ 2 ފައިކަށި ހެދުމުގެ މަސައްކަތެވެ. މީގެ އިތުރުން އަލަށް ހަދާ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ވަނީ ނިމިފައެވެ. 

މީގެ އިތުރުން 1663.36 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކިނޮޅޮހު ބަނދަރަށް ދިމާވި އެންމެ ބޮޑުއެއް މައްސަލަ މިހާރުވަނީ ހައްލުކޮށްފައެވެ. އެއީ އެރަށު ބަނދަރަށް ކުރިން ވަދެނުކުތުމަށް އޮންނަ ނެރު ބައްދާ އާ ނެރެއް ކެނޑުމެވެ.  

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު