ޚަބަރު
ރޯދަމަހަށް މަޖިލީހުގެ ދައުރު ކުރުކޮށްލަން ކޮމިޓީން ފާސްކޮށްފި
ކުރިއަށް އޮތް ރޯދަމަހު ރައްޔިތުންގެ މަޖިލިސް ބަންދުކުރަން އެ މައްސަލަ ބެލި އާންމު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ކަލަންޑަރުން ދައްކާ ގޮތުގައި ރަމަޟާންމަހުގެ އެއްވަނަ ދުވަހަކީ އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހެވެ.

މި އިސްލާހު މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ.

ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެންބަރުން ވަނީ މި އިސްލާހާ އެކު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ގަވާއިދު އިސްލާހުކޮށް ރޯދަމަހަށް މަޖިލިސް ބަންދުކުރާނެތޯ ސުވާލު އުފައްދަވާފަ އެވެ.

ނަމަވެސް ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މިހާރު މި އިސްލާހު ގެެނެސްފި ނަމަ، 2029 ވަނަ އަހަރާ ހަމައަށް އިސްލާހެއް ގެންނަން ނުޖެހޭނެ ކަމަށެވެ.

މި އިސްލާހު ހުށަހަޅުއްވާފައިވާ ސަބަބެއް ކަމަށް ޝާހިދު ވިދާޅުވީ މިއީ ރޯދަމަހު ގިނަ ވަގުތު އަޅުކަން ކުރުމަށް ވަގުތު ދިނުމަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މި މައްސަލައަށް ބަހުސްކުރުމަށް ފަހު ކޮމިޓީން އިސްލާހު ފާސްކުރީ ހަ މެމްބަރުންގެ ތާއިދާއެކު ކަމަށްވާއިރު، އިސްލާހާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

އާންމުކޮށް ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް ޖަލްސާއެއްގެ ދިގުމިނަކީ ދެ ގަޑިއިރެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު