ޚަބަރު
މަޖިލީހުގެ ދައުރު ކުރުކޮށް، ރޯދަމަހު ޗުއްޓީއަށް ދާން ހުށަހަޅައިފި
ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން މަޖިލީހުގެ ޖަލްސާތައް ކޮންމެ އަހަރަކު ވެސް ބެހިގެންދާނީ ތިން ދައުރަކަށެވެ. އެގޮތުން ފުރަތަމަ ދައުރު އޮންނަނީ ފެބްރުއަރީ މަހުން ފެށިގެން މެއި 15 ގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހަށް އޮންނައިރު، ފަހު ދައުރަކީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވާއިދަށް ބޮޗޭ މިއަދު ހުށަހެޅުއްވި އިސްލާހުގައިވަނީ ފުރަތަމަ ދައުރު ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް އަދި އެ މަހުގެ ނިޔަލަށް އެ ދައުރު ކުރުކޮށްލުމަށެވެ.

އެ ހުށަހެޅުމުގައިވާ ގޮތުން ދެވަނަ ދައުރު ކުރިއަށް ދާނީ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު އޮންނާނީ ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް އެ އިސްލާހުގައިވެ އެވެ.

ނަމަވެސް އަހަރުގެ ދެން ހުރި ދައުރުތައް ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ. އަދި އެ އުސޫލަށް އަމަލުކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރުގައިކަމަށް ވަނީ ބުނެފައެވެ.

އާންމުކޮށް ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް ޖަލްސާއެއްގެ ދިގުމިނަކީ ދެ ގަޑިއިރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު