ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގޭންގް ކުށްތައް ހަރުކަށިކުރުމުގެ ބިލް ކޮމިޓީއަށް
ހަސަން ހަލީމް
12 ފެބުރުއަރީ 2025 - 11:30
0
comments
Tweet
Telegram
މީހަކު މެރުމާއި ގޭންގްތަކާ ގުޅޭ ބޮޑެތި ކުށްތަކަށް އުމުރަށް ޖަލަށްލުމާ އެކު 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު' މިއަދު ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި ބިލްގެ ބަހުސް ދެ ދުވަސް ތެރޭގައި ނިންމައި، ބިލް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެނންެވި 42 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް ދިރާސާކ ކުރަން ފޮނުވީ ޖުޑީޝަރީ ކޮމިޓީއަށެވެ.
ބިލްގައިވާ ގޮތުން، ކުށްކުރާ ގްރޫޕްތައް ނުވަތަ ގޭންގްތައް ހޯދަން ޖެހޭނީ ވެސް އާންމު އުސޫލުން ހިންގާ ތަހުގީގެއްގެ ތެރެއިންނެވެ. އެ ތަހުގީގުގެ ތެރެއިން ވަކި ގުރޫޕަކީ ކުށްކުރާ ބައެއް ކަން ނުވަތަ ވަކި މީހަކީ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހެއް ކަން ފުލުހުން ސާބިތުކޮށްދޭން ޖެހޭނީ އާންމު އުސޫލުން ހެކި ހޯދައިގެންނެވެ.
އެ ބިލުގައި ގޭންގަކީ ކޮބައިކަމާއި އެފަދަ ގޭންގުތަކުގައި ބައިވެރިވާ މީހުންނަށާއި ގޭންގުތަކުގެ ހަރަކާތްތެރިވާ މީހުންނަށް ދޭވޭނެ ހަރުކަށި އަދަބުތައް ހިމަނާފައިވެ އެވެ.
އެ ބިލުގައި ވާގޮތުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށް ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ދެ ލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ކުށް ކުރަން އެހީތެރިވާ މީހަކު 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ރުފިޔާ އާޢި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު އެ ބިލުގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ހަތް މިލިއަން ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ގްރޫޕަކަށް ކުޑަކުއްޖަކު ހޯދައިފި ނަމަ އެކަން ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ދެލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ގޭންގެއްގެ މެމްބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ އެ މީހަކު ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށް ބިލްގައިވެ އެވެ. އެފަދަ ފަރާތަކަށް ދައުލަތުން ވަޒީފާ ދީގެން ނުވާނެ ކަމަށާއި އިންތިހާބީ މަގާމުތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ބިލްގައި ބަޔާންކުރެ އެވެ.
ބިލުގެ ތިން ވަނަ މައްދާގައި 'އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށް'ތައް މައިގަނޑު ހަ ބާވަތަކަށް ބަހާލާފައިވެ އެވެ. އެއީ:
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
މީހުން ޓްރެފިކްކުރުމުގެ ކުށް
ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް
ވަގު ފައިސާ ނުވަތަ އެފަދަ ފޮތި ނުވަތަ ނޫޓުގެ ގޮތުގައި އުފެއްދުމުގެ ކުށް
ނުރައްކާތެރި ކުށް؛ އޭގެ ތެރޭގައި ހިމެނެނީ، މީހަކު މަރާލުން، މާރާމާރީ ހިންގުން، މީހަކަަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕް ކުރުން އަދި މީހަކަށް ބިރު ދެއްކުން
އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލު އަދަބު އަންނަ ހުރިހާ ކުށެއް
Tweet
Telegram
ގުޅުންހުރި ލިޔުންތައް
41 މިނެޓް ކުރިން
0
މަޖިލީހުގެ ދައުރު ކުރުކޮށް، ރޯދަމަހު ޗުއްޓީއަށް ދާން ހުށަހަޅައިފި
2 ގަޑިއިރު ކުރިން
0
ހިތަދޫން މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
3 ގަޑިއިރު ކުރިން
0
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފި
18 ގަޑިއިރު ކުރިން
0
ރައްޔިތުންގެ މަޖިލިސް ޑިޖިޓަލައިޒްކުރުމަށް އިންޑިއާއިން އެހީތެރިވަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލީހުގެ ދައުރު ކުރުކޮށް، ރޯދަމަހު ޗުއްޓީއަށް ދާން ހުށަހަޅައިފި
41 މިނެޓް ކުރިން
0
މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފި
1 ގަޑިއިރު ކުރިން
0
ހިތަދޫން މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
2 ގަޑިއިރު ކުރިން
0
ޖެނުއަރީ މަހު މީރާއަށް 3.3 ބިލިއަން ރުފިޔާ
2 ގަޑިއިރު ކުރިން
0