ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޖެނުއަރީ މަހު މީރާއަށް 3.3 ބިލިއަން ރުފިޔާ
އަހުމަދު ނިހާން
12 ފެބުރުއަރީ 2025 - 12:16
0
comments
Tweet
Telegram
މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3.3 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މި އަދަދަކީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 ޕަސެންޓް ދަށް އަދަދެއް ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ފަސް ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.
މީރާ އިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާބަލާ އިރު، މި އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްހާއި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ އާމްދަނީ ޓެކުހުން ލިބިފައިވާ އާމްދަނީ މަދުވުން ކަމަށެވެ. އަދި ކުންފުނިަތަކާއި ފަރުދުން، ނޫން އެހެން ފަރާތްތަކުގެ އާމްދަނީ ޓެކްސް ނެގުމުގެ ފުރަތަމަ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވުމަކީ ވެސް އާމްދަނީ ދަށްވި ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.
އަންދާޒާކުރި ވަރަށް ވުރެ ޖެނުއަރީ މަހގެ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޓޫރިސްޓުންގެ އަދަދު އިތުރުވެ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވުން ހިމެނެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ބަލައިގަތް ޖުމްލަ އާމްދަނީގެ 47.7 ޕަސެންޓް ނުވަތަ 1.59 ބިލިއަން ރުފިޔާއަކީ ޖީއެސްޓީ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 35.8 ޕަސެންޓް ނުވަތަ 1.19 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 115.39 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 113.49 މިލިއަން ރުފިޔާ ލިބުނެވެ.
މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 108.26 މިލިއަން ރުފިޔާ އަދި ޓޫރިޒްމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
މީރާގެ ބޯޑަށް ދަހާ އައްޔަނުކުރަން އިއްތިފާގުން ފާސްކޮށްފި
2 މަސް ކުރިން
0
ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ކާނި ހޮޓެލްސް އަށް ދަައުވާ ކުރަން ފޮނުވައިފި
3 މަސް ކުރިން
0
މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން ރުހުންދީފި
4 މަސް ކުރިން
0
މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލީހުގެ ދައުރު ކުރުކޮށް، ރޯދަމަހު ޗުއްޓީއަށް ދާން ހުށަހަޅައިފި
2 ގަޑިއިރު ކުރިން
0
މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފި
2 ގަޑިއިރު ކުރިން
0
ހިތަދޫން މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
3 ގަޑިއިރު ކުރިން
0
ޖެނުއަރީ މަހު މީރާއަށް 3.3 ބިލިއަން ރުފިޔާ
3 ގަޑިއިރު ކުރިން
0