ޚަބަރު
މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް
އަސްމާ ޝަފީއު(ކ) ފާތިމަތު އަމީޒާ: މި ނަންތައް ދިރާސާ ކުރުމަށް ވަނީ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފަ
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ދެ ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރާނީ އެއް ބޭފުޅެކެވެ.

މިވަގުތު އެ މަގާމުގައި ހުންނެވީ ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއު އެވެ. އޭނާގެ މަގާމުގެ ދައުރު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލްގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. 

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ފޮނުއްވި ނަންތައް:
1. ފާތިމަތު އަމީޒާ، ކޯޒީ ރައުންޑް / ގދ. ގައްދޫ
2. އަސްމާ ޝަފީއު، ވައިޖެހޭގެ / ހއ. އިހަވަންދޫ 

މި ނަންތައް ދިރާސާ ކުރުމަށް ވަނީ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފަ އެވެ.

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެވޭ ފަރާތަކަީ 5 އަހަރުގެ ދައުރަކަށް އެ މަގާމަށް އައްޔަނު ކުރެވޭ ފަރާތެކެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މިހާރު ހުންނެވީ ހަސަން ޒަރީރު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު