ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ވޭޕު އަތުލުމުގެ ބާރު ފުލުހުންނަށް ދީފި
އައިމިނަތު ޝިޔާޒާ
12 ފެބުރުއަރީ 2025 - 15:57
0
comments
Tweet
Telegram
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ވޭޕްގެ އާލަތްތައް އަތުލައި، ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު މިއަދު އާންމުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ގެޒެޓުކުރި
ގަވާއިދުގައި
ވާގޮތުން އެއްވެސް ތަނެއްގައި ވޭޕެއް، އިލެކްޓްރިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރަން ބޭނުންކުރާ އެއްވެސް އާލާތެއް ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެފަދަ އެއްޗެއް ގެންގުޅޭ ތަން ފެނިއްޖެ ނަމަ، ބޭނުން ނުކުރި ނަމަވެސް، އެ މީހަކު 2000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އެއްޗެއް އަތުލުމުގެ ބާރު ވެސް ތަންފީޒީ އިދާރާތަކަށް އެ ގަވާއިދުގެ ދަށުން ވަނީ ދީފަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން، އެފަދަ އެއްޗެއް އަތުލުމަށް ފުލުހުން އުޅުމުން، އެކަމަށް ދެކޮޅު ހަދައިފި ނަމަ އެއީ ވަކި ފަރުދެއް ނަމަ، އެމީހަކު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެކަމަށް އިންކާރު ކުރީ ވިޔަފާރި ޝަހުސިއްޔަތަކުން ނަމަ އެ ވިޔަފާރިއެއް 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
މިއަދު އާންމުކުރި ގަވާއިދުގެ ދަށުން ކުރާ ޖޫރިމަނާ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި މީރާއަށް ދައްކަންޖެހޭ ކަމަށް ބަޔާން ކޮށްފައިވެ އެވެ. އެ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ދުންފަތް ވިއްކުމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށް ގަވާއިދުގައި ލިޔެފައިވެ އެވެ.
ވޭޕް ބޭނުންކޮށްގެން މިހާތަނަށް 29 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
ހިތަދޫން މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
2 ދުވަސް ކުރިން
0
ލާޒިމު ނޫން ތަނެއްގައި ހެލްމެޓް އަޅާނަމަ ފާރަވެރިވަނީ
4 ދުވަސް ކުރިން
0
ރ. މީދޫގައި ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
5 ދުވަސް ކުރިން
0
އިމަޖެންސީގައި ދިޔަ އެމްބިއުލާންސެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވެއްޖެ
2 ގަޑިއިރު ކުރިން
0
ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދޭން މެންބަރު ދީދީ ގޮވާލައްވައިފި
3 ގަޑިއިރު ކުރިން
0
ރޯދައާ ގުޅުވައި އިތުރު ހަދިޔާތައް ނުދޭން އަންގައިފި
3 ގަޑިއިރު ކުރިން
0
އައިއެމްއެފްއިން އަނެއްކާ ވެސް ގޮވައިލީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން
3 ގަޑިއިރު ކުރިން
0