ޚަބަރު
ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދޭން މެންބަރު ދީދީ ގޮވާލައްވައިފި
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ގައުމު ހިންގަން ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދިނުމަށް، ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ މިއަދު ގޮވާލައްވައިފި އެވެ.

ގޭންގު ކުށްތައް ހުއްޓުވަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ދީދީ ވިދާޅުވީ، ގާނޫނުތައް ހަރުކަށިކޮށްގެން ބާރުތައް ވަކި މީހެއްގެ އަތްމައްޗަށް ގެނައި ނަމަވެސް ލިބޭ ބާރުތަކުގެ ނަހަމަ ފައިދާ ނެގިޔަދިނުން މަޖިލީހުން ހުއްޓުވާނެ ކަމަށެވެ. ރައީސްއަށް ބާރުތައް ދިނުމަށް ދީދީ ގޮވާލެއްވީ އެއަށްފަހު އެވެ.

"ރައީސުލްޖުމްހުރިއްޔާއަށް ދޭންވީ ހައްދުފަހަނައަޅައިދާ މިންވަރަށް ބާރު، ގައުމު ހިންގަން. އެއޮތީ ޗައިނާ ތިޔަ ވިދާޅުވާ ޑިމޮކްރަސީ ކޮންތާކު އޮތީ،" ދީދީ ވިދާޅުވި އެވެ.

ގައުމު ހިންގާއިރު މޮކްރަސީއަށް ބަލަންނުޖެހޭނެ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ އުސޫލުން ހިންގާ ގައުމުތައް މިތިބީ ދުނިޔޭގެ އެހެން ގައުމުތަކަކީ ވެސް. އެހެންވީމަ ކޮންމެހެން އަޅުގަނޑުމެން ނުޖެހޭ ބަލާކަށެއް. ބައްލަވާ، ތަރައްގީ ރައްޔިތުން ބޭނުންވަނީ. ސުލްހަވެރިކަން ބޭނުންވަނީ. އަމާންކަން ބޭނުންވަނީ،" ޓޫރިޒަމުން އެތައް މިލިއަން ރުފިޔާއެއް ރާއްޖެ ވަންނައިރު ވެސް ރާއްޖެ ކުރިއަރަންޖެހޭ ވަރަށް ކުރިނާރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

"ހުދުމުހުތާރޭ ކިޔަނީ، އެކަމަކު އެ ގައުމުތައް މާ އާމަން، މާ ތަރައްގީ، މާ ސުލްހަވެރި. ނުރައްކާތެރިކަމެއް މަގުމަތީ ނުހިނގާ މަގުތައް ހެދިފައި އޮތީ. ގައިމު ފައިސާ ވަގަށް ނުނަގާތީތާ ތަރައްގީވީ."

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު