މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީީ މޫސުމަށް ސަމާލުވުމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. އެ އިދާރާއިން ވިދާޅުވީ މިދުވަސްވަރު ކުރަމުންދާ ވިއްސާރައަކީ ހުޅަނދު މުސުމުގެވިއްސާރަކަމަށާއި، ކުރިއަށް އޮތް ދެދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. ޚާއްޞަކޮށް ކަނޑުތައް ގަދަވާނެކަން މުސުމާއި ބެހޭ ޤައުމީ އިދާރާއިން ފާހަގަކުރައްވައެވެ.

މެޓް އޮފީހުން ވަނީ މި ހަފްތާގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮަށްފައެވެ.ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެ މެޓް އޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.އޭގެ އިތުރުން ވިލާގަނޑުގައި 40 މޭލައަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.ކޯސްޓްގާޑުން ހާމަކުރައްވާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ކަނޑުމަތީގެ ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން އުޅަނދުން ތެޔޮ ހުސްވުމާއި، ދިޔަވުމުގެ ހާދިސާތައް ރިޕޯޓްކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ކޯސްޓްގާޑުން ހާމަކުރައްވައެވެ.
އީދު ބަންދަށާއި،، އެނޫންވެސް ބޭނުންތަަކށް ކަނޑުދަތުރުފަތުކުރާއިރު، މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލުމާތުތައް ހޯދައިގެން ދަތުރުތައް ރޭވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރައްވައެވެ.