ޚަބަރު
ގާސިމް ރިޔާސީ ކެމްޕޭން ދަތުރުތައް ފައްޓަވައިފި
ރިޔާސީ ކެމްޕޭނުގައި ގާސިމް ހދ. އަތޮޅަށް ވަޑައިގަތުން. އެންމެ ފުރަތަމަ ވަޑައިގެންނެވީ މަކުނުދޫ އަށް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހެނދުނު ފުރައިވަޑައިގެންފިއެވެ.

އިންތިހާބުގެ ކެމްޕޭނަށް ގާސިމް މިއަދު ވަނީ ހދ. އަތޮޅަށް ފުރާވަޑައިގެންފަ އެވެ. ރަނިންމޭޓު ޑރ. އަމީން އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަންނަވާ އެ ދަތުރުގައި ގާސިމްގެ ޓީމުން އެންމެ ފުރަތަމަ ޒިޔާރަތްކޮށްފައިވަނީ އެ އަތޮޅު މަކުނުދޫ އަށެވެ.

ގާސިމް އަރިހުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ދަތުރު ފެށުމުގެ ކުރިން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނައްޓާލީ ގާސިމް އަދި އަމީން އާއިއެކު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަފާތު ހެޔޮވެރިކަމެއް ހޯއްދަވައި ދެއްވަން ކަމަށެވެ.

ޖޭޕީގެ މެނިފެސްޓޯ މައިގަނޑު 15 ސިޔާސަތަކަށް ބެހިގެންވެ އެވެ. ޖޭޕީން ބުނާ ގޮތުގައި މި މެނިފެސްޓޯއަކީ ރާއްޖެ ތަހުޒީބުގެ އާ މަންޒިލަކަށް ގެންގޮސްދޭނެ މަގެކެވެ. އަދި އެމަގަށް ރައްޔިތުން ގެންގޮސްދިނުމުގެ ގާބިލުކަމާއި ތަޖުރިބާ ގާސިމުގެ ހުންނާނެ ކަމަށްވެސް ޖޭޕީން ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
67%
22%
0%
11%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު