ޚަބަރު
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ރައީސް ސޯލިހަށް ތާއީދުކުރައްވައިފި
ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން -- ފޮޓޯ: ރައީސް އޮފީސް
ސެޕްޓެމްބަރު9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކަން ހެރިޓޭޖް މިނިސްޓަރު ޔުުމްނާ މައުމޫނު އެންމެ ފަހުން ހާމަކުރައްވައިފި އެވެ.

މިއަދު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމުގެ ތަރައްގީއާ ހަމަޖެހުމަށް ރައީސް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިއްމު މަސައްކަތްތަކާއި، މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިއްމު" އޭނާ ވިދާޅުވިއެވެ.

ޔުމްނާ އަކީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓްގައި މިނިސްޓަރުކަމުގެ މަގާމަށް އައި ބޭފުޅެކެވެ. 

ޔުމްނާ މިގޮތަށް ވިދާޅުވިއިރު، އޭނާގެ އެއްމާބަނޑު ދައްތަ ދުންޔާ މައުމޫން ތާއިދު ކުރައްވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށެވެ.

އަދި ފާރިސްގެ ކޮއްކޮ ޣައްސާން މައުމޫން ތާއިދު ކުރައްވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު