ޚަބަރު
ހުރިހާ ސުކޫލެއްގެ ކްލާސްރޫމެއް އޭސީކޮށް ދޭނަން: ގާސިމް
ނ. ހެނބެދޫގައި ގާސިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޖުމްހޫރީ ޕާޓީ
ކޮންމެ ރަށެއްގެ ހުރިހާ ކްލާސްރޫމެއް އެއާ ކަންޑިޝަންކޮށް، ސްމާޓު ބޯޑު ހަރުކޮށްދޭނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަމަށް ވައުދުވެވަޑައިގެންނެވީ ނ. ހެނބަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ފުޅުދައްކަވަމުންނެވެ.

ޤާސިމް ވަނީ، ރާއްޖޭގެ ހުރިޙާ ރަށެއްގެ ސްކޫލަތުގެ ކްލާސްރޫމް އައު ކޮށްދިނުމަކީ ވެސް އެމަނިކުފާނުގެ ވައުދެއްކަން ފާހަގަކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކޮމްޕިއުޓާ ލެބްތައް އައު ކޮށްދެއްވުމާއި އެކީގައި، ހުރިހާ ކްލާސްރޫމްތަކެއް ޒަމާނީ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން، އެމަނިކުފާނުގެ ވެރިކަމެއްގައި ސްމާޓް ބޯޑާއި ފްލެޓް ޓީވީ ފަދަ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ކްލާސްރޫމްތައް ތަރައްގީކުރައްވާނެ ކަމުގެ އުންމީދު ރައްޔިތުންނަށް ދެއްވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ މޫނު ބުރުގާ އެޅުމަކީ ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް, ވަރަށް ގިނަ އަންހެނުން މިހާރު މޫނު ބުރުގާ އަޅަމުންދާތީ ވަކި ގޮތަކަށް ކަންކަން ކުރަން މަޖުބޫރު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

މޫނު ބުރުގާ އަަޅައިގެން ސްކޫލްތަކުގައި ކިޔަވައި ނުދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހެދި އުސޫލު އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
40%
20%
20%
20%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު