ގާސިމް މަތިވެރީގައި ވާހަކަ ދައްކަވަނީ. ފޮޓޯ/ޖޭޕީ
އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް -- ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ލޯނުތައް މައާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމު ވައުދުވެވަޑައިގެންފި އެވެ.

މީގެ ކުރިން ގާސިމް ވަނީ ސްޓޫޑަންޓް ލޯނާއި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދެއްވަން ވެސް ވައުދުވެވަޑައިގެންފަ އެވެ.ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މިއަދު ހެނދުނު އއ. މަތިވެރިއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ލޯނު ދޫކުރުމުގެ ބޭނުމަކީ ދިވެހި ސަރުކާރަށް އާންމު ރައްޔިތުން "އަޅުވެތި ކުރުމުގެ" ބޭނުމުގައި ހިންގާ ކަމެއް ކަމަށެވެ."ކުރީއްސުރެން ރާވައިގެން ދައުލަތަށް ރައްޔިތުން ދަރަނިވެރި ކުރުވަމުން ދަރަނިވެރި ކުރުވަމުން، މި މީހުންގެ އަޅުންނަށް ހަދަމުން ދަނީ، އެސްއެމްއީ ލޯނުތައް ނަގުވައިގެން،" ވިލާ ވިޔަފާރީގެ ވެރިޔާ ގާސިމް ވިދާޅުވި އެވެ. "މާދަމާ އެ ދައްކާށޭ ބުނީމާ ރައްޔިތުން ކިހިނެއްތޯ ހަދަނީ."މި ސަރުކާރުން ދޫކޮށްފައިވާ އެސްއެމްއީ ލޯނު ސްކީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ އެއީ ވޯޓުގެ ބޭނުމުގައި ހިންގާ ކަމެއް ކަމަށެވެ."ތިޔަ ބޭފުޅުން އަޅުގަނޑުމެން ސަރުކާރަށް ގެނެސްދީފިނަމަ، ދައުލަތުން ދޫކޮށްފައިވާ ހުރިހާ އެސްއެމްއީ ލޯނެއް މައާފުކޮށްދޭނަން،" ގާސިމް ވިދާޅުވި އެވެ.ވެރިކަން ލިބިވަޑައިގެންފިނަމަ އެސްްއެމްއީ ލޯނުތައް މައާފުކޮށްދެއްވާނެ ކަމަށް ގާސިމު ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ވިލާ ފައުންޑޭޝަނުން ލޯނު ނަގައިގެން ކިޔަވާފައިވާ ދަރިވަރުންގެ ތެރެއިން ލޯން ދައްކާފައި ނުވާ ހުރިހާ ދަރިވަރުންގެ ލޯން ވަނީ މައާފުކޮށްދެއްވާފަ އެވެ.