ޚަބަރު
ރާއްޖެއިން ހިމަބިހީގެ އިތުރު ކޭސްއެއް ފެނިއްޖެ
ރާއްޖެއިން ހިމަބިއްސަށް މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހިމަ ބިއްސަކީ ރާއްޖެއިން ނައްތާލައިފައިވާ ބައްޔެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ވަނަ އަހަރު ވަނީ އެކަމުގެ ލިޔުން ދީފައެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު އައްޑޫން ހިމަބިހި ޖެހިފައިވާ މީހެއް ފެނުނު ފަހުން އިތުރު ދެ މީހަކު ވަނީ އެބައްޔަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ރާއްޖެއިން އިއްޔެ ހިމަބިއްސަށް ޕޮޒިޓިވްވި ކޭސް އިތުރަށް އިންވެސްޓިގޭޑްކޮށް އޭނާއާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މައްސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާ އިރު މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތައް ދެނެގަނެ އެފަރާތަތަކަށް ވެކްސިން ދެވޭނެ," އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. އަދި މީގެ އިތުރުން ވެކްސިން ނުޖަހާތިބި ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.

އަދި ބަލިޖެހު މީހާ ދިރިއުޅޭ ސަރަޙައްދުގައި ދިރިއުޅޭ، ވެކްސިން ފުރިހަމަ ނުކޮށްތިބި ފަރާތްތަކަށް ރިންގް ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު