
ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ގެންދަވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅުތަކަށް ދަތުރުކުރައްވަމުން ނެވެ.ނަމަވެސް ގާސިމަށް ކުރިން މެޖޯރިޓީ ގިނަ ރަށްރަށުން ގާސިމަށް ތާއީދު ނެތްކަން ގާސިމް އެރަށްރަށުގައި ބާއްވަމުން އަންނަ ޖަލްސާތަކުންނާއި، އެމަނިކުފާނުގެ ޓީމުން ދައްކަވާ ވާހަކަ ތަކުން އެނގިގެންދެ އެވެ. ރިޔާސީ އިންތިހާބަށް ނުކުމެ ގާސިމް ރައްޔިތުންނާއި ބައްދަލުކޮށް ދައްކަވާ ވާހަކަތަކަށް މީސް މީޑިޔާގައިވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ބޮޑު ތިލަދުންމައްޗަށް ޖުމްހޫރީ ޕާޓީން ފެއްޓި ދަތުރުގައި އެއަތޮޅު ދިއްދޫ އަށް ކުރަން ރާވާފައިވާ ދަތުރު ކެންސަލްކޮށް ފައިވާކަން ގާސިމާއެކު ކެމްޕެއިން ދަތުރުތަކުގައި އުޅުއްވާ އިސްބޭފުޅަކު މި ނޫހަށް ވަނީ ކަށަވަރުކޮށްދެއްވާ ފައެވެ.އެނގިފައިވާ ގޮތުގައި ދިއްދޫ ދަތުރު ކެންސަލް ކުރީވެސް ހއ. ގެ ވެރިކަންކުރާ ރަށުން އެއްވެސް ވަރަކަށް ގާސިމަށް ތާއީދު ނެތުމުންނެވެ. ތިލަދުން މަތީގައި ބޮޑު އާބާދީއެއް އޮތް ދިއްދޫ އަކީ އެމްޑީޕީގެ ގިނަ ސަޕޯޓަރުން ތިބި ރަށެއްކަން ފާހަގަ ކުރެވެ އެވެ.ޖޭޕީގެ ކެމްޕެއިން ޖަލްސާތަކުގައި ގާސިމް ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު އިސްވެ އޮވެ، އުފެއްދި ޑިމޮކްރެޓްސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ގާސިމް ވިދާޅުވާ ގޮތުގައި، އެ ހުރިހާ ބޭފުޅުން ވަނީ އޭނާއަށް އެކި ގޮތްގޮތުން ބޭވަފާތެރިވެފަ އެވެ.