ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިދިކޮޅުގެ ވަފުދެއް ގާސިމް އަރިހަށް!
މަރިޔަމް އަނާ
12 ސެޕްޓެމްބަރ 2023 - 19:33
0
comments
Tweet
Telegram
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އިދިކޮޅު، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ހިމެނޭހެން އެ ކޯލިޝަންގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މުއިއްޒުގެ ރަނިންމޭޓް އާއި ޕީޕީއެމް ޕީޖީ ލީޑަރު، އަހުމަދު ސަލީމް، ޕީޕީއެމްގެ ނައިބު ރައީސް، އަހުމަދު ޝިޔާމް، ޕީއެންސީގެ ނައިބު ރައިސް، މުހައްމަދު ސައީދު އަދި ޕީޕީއެމް ޕީޖީ މެމްބަރު، އަހުމަދު ތޯރިގް ހިމެނޭ ހެން އިދިކޮޅުގެ ހާއްސަ ވަފުދެއް ގާސިމް އާއިއެކު މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު ދިނުމަށް ވަޑައިގެންފައިވާ ކަމަށެވެ.
މިބައްދަލުވުން އޮންނާނީ މިރޭ ސަން އައިލޭންޑް ވިލާ ޕާކްގައި ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގައި 17000 އެއްހާ މެމްބަރުން ހިމެނޭއިރު ނިމިދިޔަ އިންތިހާބުގައި ގާސިމަށް ލިބިލެއްވީ އެންމެ 5460 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 2.4 ޕަސެންޓެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ ތެރެއިން 84،805 ވޯޓެވެ. އެއީ 39.04 ޕަސަންޓެވެ. ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100,342 ވޯޓެވެ. އެއީ 46.19 ޕަސަންޓެވެ.
ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، އެމްޑީޕީން ވަކިވެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ. އިސްލާޔަށް ހަތް އިންސައްތަ ވޯޓު ލިބިވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
3 ދުވަސް ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
5 ދުވަސް ކުރިން
0
ރައްޔިތުންގެ ސިއްހަތު ސަލާމަތްކޮށް، ޖީލަކަށް ދުންފަތް މަނާކުރަން މިއަދު ކެބިނެޓުގައި މަޝްވަރާކުރަނީ
6 ދުވަސް ކުރިން
0
އަހާ ގެ 5 ވަނަ ފޯރަމް މި މަހު 24 ގައި
ކިޔުންތެރިންގެ ޝުއޫރު
67%
22%
0%
11%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
1 ގަޑިއިރު ކުރިން
0
ފަނޑިޔާރުން ސަސްޕެންޑުކުރީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއަޅަން: އދ
1 ގަޑިއިރު ކުރިން
0
ހައިކޯޓުގެ އިސްފަނޑިޔާރަކަށް ފައިސަލް އައްޔަންކުރަން ނިންމައިފި
2 ގަޑިއިރު ކުރިން
0
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
22 ގަޑިއިރު ކުރިން
0