ޚަބަރު
ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ މުސާރައަށް ބަދަލުތަކެއް ރައީސް ގެންނަވައިފި
ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރެއްވުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ރައީސް އެ ނިންމެވުން ނިންމެވީ އާ މުސާރައިގެ އޮނިގަނޑާ ގުޅިގެން މެޑިކަލް އޮފިސަރުންނާއި، ނަރުހުން ހުށަހެޅި ޝަކުވާތައް ދިރާސާކުރެއްވުމަށް ފަހުގައި ކަމަށެވެ.

އެގޮތުން އެ އޮނިގަނޑާ ގުޅިގެން، ތަޖުރިބާއަށް ބަލައި މަގާމު ދަށްވި ނަރުހުންގެ މަގާމު އިއާދަކުރަން ނިންމަވާފައިވަނީ އިތުރަށް ކިޔެވުމަށް މުއްދަތެއްދީ، ޝަރުތުކުރުމަށް ފަހުއެވެ.

އެގޮތަށް 2018ވަނަ އަހަރު ކިޔެވުމަށް ގްރޭސް ޕީރިއަޑު ދީފައިވާ ނަރުހުންނަށް އެ މުއްދަތު 2026އަށް ވަނީ އިތުރުކޮށްދީފައެވެ.

ސިއްހީ ދާއިރާގެ މުސާރަތަކަށް ބަދަލުތައް ގެނައިއިރު މެޑިކަލް އޮފިސަރުންނަށް އެޓެންޑެންސް އެލަވަންސް ނުލިބޭ ގޮތަށް އޮތް އޮތުން ވަނީ ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން, އައިޖީއެމްއެޗުގެ މަސައްކަތް ކުރާ ނަރުހުންގެ ފަރާތުން ލިބުނު ޕެޓިޝަން ދިރާސާ ކުރުމަށް ފަހު އޭގައިވާ މައްސަލަތަކަށް ވެސް ވަނީ ހައްލު ހޯދާފަ އެވެ. އެގޮތުން, ރަސްމީ ބަންދު ދުވަހުގައި މަސައްކަތްކުރާނަމަ އެޓަންޑެންސް އެލޮވަންސް ލިބޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

ހަމައެހެންމެ, ސިއްހީ ފަރުވާ ދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. އަދި, މަސައްކަތުގެ ތަޖުރިބާއަށް ބަލައި އައު އޮނިގަނޑުގެ ސަބަބުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށް ނުކޮށް ކުރިން ތިބި މަގާމުތަކުގައި ބައިތިއްބަން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު