އަލީ ރާޒީ
19 ސެޕްޓެމްބަރ 2023 - 21:07
0 comments
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގެ ބައިވެރިވުމެއް ނޯންނާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯރަމް ހަމަނުވެ ފެށޭ ގޮތް ނުވުމުން އެކަމަށް އިޝާރާތް ކުރައްވާ މަޖިލީހުގެ ރައީސް މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވަނީ ކުރު ސްޓޭޓްމެންޓެއް ދެއްވާފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ "ރައްޔިތުންގެ މަޖިލިސް ސަބަޓަޖެކޮށް ހުއްޓުވާފައި ބަހައްޓަމުން މިގެން ދަނީ ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅިގެން މިކަމާ ބައިވެރިވެ ވަޑއިގަންނަވައިގެން" ކަމަށެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރަން ދަންނަވަން ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނު އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވުވާލަންވަން ތިކުރާ މަސައްކަތް ހުއްޓާލެއްވުމަށް. އަދި އަޅުގަނޑުގެ މަސައްކަތް އަޅުގަނޑު ނުހުއްޓާނެ ކަމަށް އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން" ރައީސް ނަޝީދު ވިދާޅުވި އެވެ. ހެންވޭރުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަން ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ނަޝީދުގެ ވާހަކަފުޅުތައް ދޮގުކުރައްވާފަ އެވެ."އެއީ މުޅީން ދޮގު ވާހަކައެއް. އަޅުގަނޑު 25 އަހަރު އުޅެފައި ހުރި މީހެއް މިއީ މަޖިލީހުގައި. މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އެނގޭ. މަޖިލީހުގެ ކަންކަން ވާ ގޮތް އެނގޭ. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން," ރައީސް ވިދާޅުވި އެވެ.މަޖިލީހުގެ މަސައްކަތްތައް އަލުން ފަށާފައިވާއިރު ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރު މިއަދު ވަނީ އެމްޑީޕީގެ ތާއިދާ އެކު ފާސްކޮށްފަ އެވެ. އެމަނިކުފާނު އަނެއްކާ ވެސް ވިދާޅުވީ ސެޕްޓެމްބަރު 28, ގައި ވޯޓު ނުނެގޭނެ ކަމަށެވެ."ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގައި ނިޒާމީ ވޯޓު ނަގަން ކަނޑަައަޅައިފިނަމަ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އީސީއަށް އެކަން ކުރުމަށް ރިކުއެސްޓް ކުރެވޭނެ," އެކަމާ ގުޅިގެން ރައީސް ވިދާޅުވި އެވެ.ޖަލްސާތައް ފެށުން މިއަދު ލަސްވި ނަމަވެސް، ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ ވޯޓަކަށް ދިޔުމާ ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރު ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހިއިރު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތަޅުމުގައި ތިއްބެވި އެވެ.