ޚަބަރު
ކޯލިޝަން ރޫޅާލައި މުއިއްޒުއަށް ތާއީދުކުރަން އެމްޑީއޭ އިން ނިންމައިފި
ރައީސް ސޯލިހު (ކ) އެމްޑީއޭގެ ލީޑަރު ސިޔާމާ އެކު - ފޮޓޯ/އެމްޑީޕީ
ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޭ ރޫޅާލައިފިއެވެ.

މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް ވަޑައިގެންނެވި ރައީސް ސޯލިހަށް ކެމްޕެއިންކުރި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާޓީ، އެމްޑީއޭ އިން އެ ގޮތަށް ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގަ އެވެ. 

އެ ބައްދަލުވުމަށް ވަނީ ޖުމުލަ ތިން ގޮތެއް ހުށަހަޅައިފައެވެ. އެއީ، ރައީސް ޞާލިޙާ އެކު ދެވަނަ ބުރުގައި ވެސް ކުރިއަށް ދިއުމާއި، ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރުމާއި އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށް ތިބުމަށެވެ.

އެގޮތުން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި:

  • އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާން ވޯޓުދެއްވީ ދެ ބޭފުޅުން
  • ރައީސް ޞާލިޙާ އެކު ކުރިއަށްދާން ވޯޓު ދެއްވީ ދެ ބޭފުޅުން
  • ޑރ. މުއިއްޒަށް ތާއީދު ކުރަން 33 މެންބަރުން ވޯޓުދެއްވި
އެމްޑީއޭ އިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދުކުރުމަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. 

މައުރޫފް ވިދާޅުވީ، ދެވަނަ ބުރުގައި އިތުރު އެއްވެސް ޕާޓީއަކުން ރައީސް ޞާލިޙާ އެކު ކޯލިޝަން ނުހެދުން ވެގެންދިޔައީ އިންތިޚާބު ކާމިޔާބު ކުރަން އޮތް ވަރަށް ބޮޑު ހުރަހެއް ކަމުގައެވެ. އަދި، މުއިއްޒަށް އޮތް ތާއީދު އިތުރަށް ބޮޑުވަމުންދާތަން ގިނަ ކައުންސިލް މެންބަރުންނަށް ފެނިވަޑައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ބުރު ނިމުމާ އެކީގައި އެ ބޭފުޅުން ހަމަހިމޭންވި ހަމަހިމޭންވުން ވަރަށް ބޮޑަށް ފާހަގަ ކުރެއްވި. ހުރިހާ ރަށެއްގެ ޖަގަހަތައް ބަންދުކޮށް 15 ދުވަސް ވަންދެން އެއްވެސް ހަރަކާތެއް ނުހިނގާ މިއޮތް ގޮތަށް އޮތުމަކީ އެއީ ޚުދު ބަލި ގަބޫލުކުރުން ކަމަށް ބައެއް ބޭފުޅުން ހިއްސާ ކުރެއްވި،" އޭނާ ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ދެވަނައާ އެކު ދެވަނަ ބުރަށް ދިއުމަށް ފަހު ކެމްޕެއިން މަޑުޖައްސާލައި، އެމްޑީޕީ ހަމަހިމޭންވި ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު