ޚަބަރު
އެޗްއާރްސީއެމްގެ މެންބަރުކަމަށް ހުޅުވާލައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް -- އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ފަސް މެމްބަރުން ތިއްބަވާ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލައި، އަންނަ އާދިއްތަ އަދި ހޯމަ ދުވަހު ފޯމު ބަލައިގަންނާނެ ކަމަށެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވައިލީ، އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަދުހަމް އަބްދުﷲ މި ފަހުން އިސްތިއުފާ ދެއްވުމުންނެވެ.

އެ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން މެމްބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭގައި މެމްބަރަކު އައްޔަން ކުރަންޖެހެ އެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ ހަތަރު މެންބަރުންނެވެ. ކޮމިޝަންގެ ރައީސްއަކީ މަރްޔަމް މުނާ އެވެ. ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މުއުމިނާ ވަހީދު އާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހުމަދު ނަޖީބެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު