އަލީ ރާޒީ
22 އޮކްޓޫބަރ 2023 - 10:38
0 comments
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
![](image/default_ads/article/ooredoo-1-7-25.jpg)
އެޗްއާރްސީއެމްގެ މެމްބަރު ކަމުން އަދުހަމް އިސްތިއުފާ ދިނުމާއެކު މިހާރު ތިބީ ހަތަރު މެމްބަރުންނެވެ. މިއީ މި ގޮނޑި ހުސްވުމާ ގުޅިގެން ކޮމިޝަން މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ދެވަނަ ފަހަރެވެ. ދެވަނަ ފަހަރަށް އިއުލާނު ކުރީ ފުރަތަމަ ފަހަރު ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުމުންނެވެ.
ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އެދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 12:30 ގެ ނިޔަލަށް ރައީސް އޮފީހުން ފޯމު ބަލައިގަންނާނެ އެވެ. އެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.އެޗްއާރްސީއެމްގެ މެންބަރުންގެ މުއްދަތަކީ ކޮމިޝަނަށް އައްޔަން ކުރާ ދުވަހުން ފެށިގެން ފަސް އަހަރެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމުން ވަކިކުރާ މީހުން ފިޔަވައި އެހެން މީހުންނަށް އިތުރު އެއް ފަހަރު ފަސް އަހަރުގެ މުއްދަތަކަށް ކޮމިޝަނަށް އައްޔަން ކުރެވިދާނެ ކަމަށް ގާނޫނޫގައި އޮވެ އެވެ.