ޚަބަރު
ފަލަސްތީނުން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކައުންސުލްއާ ޝާހިދު ބައްދަލުކުރައްވައިފި
ފަލަސްތީނުން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކައުންސުލް އާ ފޮރިން މިނިސްޓަރު ޝާހިދު ބައްދަލުކުރައްވަނީ
ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ މަގާމަށް އަލަށް އައްޔަން ކުރެއްވި އަލްފާޟިލް ރާގެބް އަހުމަދު ހަލަފަށް ރާއްޖެއިން މިއަދު މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަލަސްތީނުން ރާއްޖެ އަށް ކަނޑައެޅި އާ އޮނަރަރީ ކައުންސުލް، ރަގީބް އަހްމަދު ހަލަފްއާ ޝާހިދު މިއަދު ބައްދަލުކުރެއްވި ކަމަށެވެ.

މީގެ އިތުރުން، އެ ބައްދަލުވުމުގައި، ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުން ފަލަސްތީނަށް އެހީތެރިވެދިނުމުގައި ދެމިތިބޭނެ ކަމަށާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވައުދުވެލެއްވިއެވެ.

އިޒުރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ އެކި ފަހަރު މަތިން ކުށްވެރިކޮށްފަ އެވެ. ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމަ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގޮވާލެއްވި އެވެ.

ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް، އދ. އެމަޖެންސީ ސްޕެޝަލް ސެޝަން ބާއްވައި ދިނުމަށް ވެސް ރާއްޖެއިން ވަނީ އެދިފަ އެވެ.

އިސްރާއީލުން ގާޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 7000 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ހާމަކުރިއެވެ. މީގެ އިތުރުން ހަމަލާތަކުގައި ގެތައް ހަލާކުވެފައިވާ 13000 މީހުން ގާޒާގެ އަލްޤުދުސް ހޮސްޕިޓަލުގައި ރެފިއުޖީންގެ ގޮތުގައި ތިބި ކަމަށްވެސް ފަލަސްޠީނުގެ ރެޑް ކްރެސެންޓާ ހަވާލާދީ ދިވެހި ރެޑް ކްރެސެންޓުން ހާމަކުރިއެވެ.

ފަލަސްތީން ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަނގުރާމަ މެދުކަނޑާލައިގެން ކަމަށްވާތީ ދިވެހި ރެޑް ކްރެސެންޓުންވަނީ ފަލަސްތީނުގައި ހިނގަމުންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެއްބާރުލުމަށްވެސް ދިވެހި ރެޑް ކްރެސެންޓުންވަނީ އެދިފައެވެ. 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު