ޚަބަރު
އެޗުޑީސީއިން އައިއޭސީގެ ގާޒާ ފަންޑަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި
ގާޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ އުދުވާނުގެ ތެރެއިން
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ކުރިއަށް ގެންދާ ގާޒާ އިމަޖެންސީ ރިލީފް ފަންޑަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

އައިއޭސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޗުޑީސީއިން ސަދަގާތުގެ ގޮތުގައި ހަދިޔާކުރި އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާގެ ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް ލިބިފައިވާ ކަމަށެވެ.

އެކަމަށް ޝުކުރު އަދާކޮށް އައިއޭސީއިން ބުނީ އެ އެހީ އޭގެ ހައްގުވެރި ފަރާތަށް ފޯރުކޮށްދޭނެ ކަމަށާއި އޭގެ ތަފްސީލު ވެސް ހާމަކުރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް ވަރަށް ގިނަ ފަރާތްތަކުން އައިއޭސީ އަށް ފައިސާ ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ގިނަ ކުންފުނިތައް ހިމެނެ އެވެ.

ޔަހޫދީންގެ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 33,000 ފަހަނައަޅާފައިވާއިރު, އޭގެ ތެރޭގައި ގިނައީ ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނެވެ. މައުސޫމު ކުޑަކުދިންނެެވެ. އަންހެނުންނެވެ. އަދި, އުމުރުން ދުވަސްވީ މީހުންނެވެ. ގާޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ކަން ހާމަ ކުރެއްވީ އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިނެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު