ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހުޅުމާލޭގައި ދެ މިސްކިތެއް ބިނާ ކުރުމަށް އިސްލާމިކް މިނިސްޓްރީއާ ބިން ހަވާލުކޮށްފި
ހަސަން ހަލީމް
15 އޭޕްރީލް 2024 - 16:49
0
comments
Tweet
Telegram
ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ބޭނުންވާ ބިން އެޗުޑީސީއިން އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
ދެ މިސްކިތް އަޅަން ބިން ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކުރި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ބައިވެރިވެ ވަޑައިގަތެވެ.
މިއީ ހުޅުމާލޭގެ ހިޔާ އަވަށް / ފޭސް ދޭއްގައި ބިނާކުރާ މިސްކަތަކާއި، ހުޅުމާލޭ ފޭސް ތިނެއްގައި ބިނާ ކުރާ މިސްކިތެކެވެ.
މިސްކިތް ބިނާ ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ދޫކޮށްފައި ވަނީ 21،952 އަކަފޫޓޫގެ ބިމެކެވެ. މިސްކިތް އަޅަން ފަށާނެ ތާރީހާއި އިތުރު ތަފްސީލެއް މިނިސްޓްރީންނާއި އެޗުޑީސީއިން އަދި ހިއްސާނުކުރެ އެވެ.
"ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަ ކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުން،" އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ 2 ގައި ހިޔާ ފްލެޓް ސަރަހައްދުގައި މިސްކިތެއް އިމާރާތްކުރުމަށް މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. މިދިޔަ ރޯދަމަހު ހުޅުމާލެ 2 ގައި ދާއިމީ އާ މިސްކިތެއް ހުޅުވި އެވެ. ހުޅުމާލެ 2 ގައި މިހާރު ހުންނަނީ ދާއިމީ ދެ މިސްކިތާއި ވަގުތީ ދެ މިސްކިތެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
35 މިނެޓް ކުރިން
0
ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ
1 ގަޑިއިރު ކުރިން
0
އިމާމުންނާއި ހަތީބުންގެ ދެ ވަނަ ބެޗު ސައުދީ އަށް ފުރައިފި
21 ގަޑިއިރު ކުރިން
0
އޯއައިސީ ސަމިޓްގައި ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް
21 ގަޑިއިރު ކުރިން
0
ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް އަނެއްކާ ވެސް ބިން ވިއްކަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބްރޯޑްކޮމް އާއި އެމްއެމްސީ އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
25 މިނެޓް ކުރިން
0
ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ
35 މިނެޓް ކުރިން
0
ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް: ހުތުބާ
47 މިނެޓް ކުރިން
0
އިމާމުންނާއި ހަތީބުންގެ ދެ ވަނަ ބެޗު ސައުދީ އަށް ފުރައިފި
1 ގަޑިއިރު ކުރިން
0