ވިޔަފާރި
އުރީދޫ ނޭޝަން 2024: އޮފީސް، ކޮލެޖް އަދި ސްކޫލް އީސްޕޯޓްސް މުބާރާތްތަކާއެކު އާ ގޭމިން ފުރުސަތުތައް!
ޕަބްޖީ މުބާރާތުން އެއްވަނައަށް ހޮވުނު ޓީމު-- ފޮޓޯ: އުރީދޫ
އުރީދޫ ނޭޝަން ގޭމާސް ލޭންޑް – ދަ އަލްޓިމޭޓް ގޭމިންގް ފެސްޓިވަލް ނިންމާލުމަށް ބޭއްވި އުރީދޫ ނޭޝަން ގޭމަރސް އެވޯޑްސް 2023 ގައި އުރީދޫ ގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވަނީ ގޭމު ކުޅުމަށް ލޯބި ކުރާ ފަރާތްތަކަށް މިފަދަ އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން 2024 ވަނަ އަހަރު އިންޓަރ ސްކޫލް، އިންޓަރ ކޮލެޖް އަދި އިންޓަރ އޮފިސް އީސްޕޯރޓްސް މުބާރާތްތައް ބޭއްވިގެން ދާނެކަމުގެ ޔަގީންކަން ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ދެއްވާފައި އެވެ.

"ގޭމިން މިހާރު ވަނީ ނިމުމެއް ނެތް ފުރުސަތުތަކުން ފުރިފައިވާ އިންޑަސްޓްރީއަކަށް ބަދަލުވެފަ. ޕްރޮފެޝަނަލު ކުޅުންތެރިން ގޭމިންގެ ދުނިޔޭގައި ކުރިއަރަމުން އަންނައިރު އުރީދޫ ނޭޝަން ގޭމަރސް އެވޯޑްސް 2023 ގައި ފަހާގަކުރެވިގެން މިދިޔއީ ރާއްޖޭގެ ހުނަރުވެރި އީސްޕޯޓްސް ގޭމަރުން. ވަނަތައް ލިބުނު ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވަން. އުރީދޫ ނޭޝަން ގޭމާރސް ލޭންޑް އަކީ ފެސްޓިވަލް އެއްގޮތުގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގޭމިންގް އިވެންޓް، މި އިވެންޓްގެ ކާމިޔާބީ އާއި އެކު އެކި އުމުރުފުރައިގެ ގޭމަރުންނަށް އިތުރު ފުރުސަތުތައްހުޅުވާލުމަށް އިންޓަރ ސްކޫލް، އިންޓަރ ކޮލެޖް، އަދި އިންޓަރ އޮފިސް އީސްޕޯރޓް މުބާރާތްތައް ބޭއްވިގެންދާނެ. ހަމަ އެއާ އެކު މި ގޭމަރސް ލޭންޑް ގެ ތެރެއިން ގޭމިންގ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހުނަރުވެރި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި މިއަހަރު މި ފެށުނު އުރީދޫ ނޭޝަން ގޭމަރސް އެވޯޑްސް ވެސް ކޮންމެ އަހަރަކު ކުރިއަށް ދާނެކަމުގައި އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން." އުރީދޫ ގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ. 

އުރީދޫ މޯލްޑިވްސް ހެޑްކުއަރޓާސް ގައި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ގޭމިންގް ފެސްޓިވަލް ގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އީސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވެފައެވެ. މި ފެސްޓިވަލްގައި ތަފާތު މުބާރާތްތައް ކުރިއަށް ދިޔައިރު، އޭގެ ތެރެއިން 100،000ރ ގެ ޕްރއިޒް ޕޫލް އަކާއެކު ކުރިއަށް ދިޔަ ޕަބްޖީ މުބާރާތުގެ ފައިނަލް މެޗް ތަކާއި، ޓެކްކަން މުބާރާތުގެ އިތުރުން ފީފާ، ރޭސިންގް ޗެލެންޖް އަދި ކޮސްޕްލޭ ޝޯ ހިމެނެއެވެ. މި މުބާރާތްތަކުން މޮޅުވި ފަރާތްތަކަށް އެކި އެކި ފައިސާގެ އިނާމު ދެވިފައިވާ އިރު އުރީދޫ ނޭޝަން އިން ވަނީ ޖުމްލަ 185،000 ރުފިޔާގެ އިނާމު ކުޅުންތެރިންނަށް ހުށަހަޅާފައެވެ. 

އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވާލުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އުރީދޫ އިން އަރުވައެވެ. 2023 ވަނަ އަހަރުގެ އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަދި ގޭމިންގް އެވޯޑް ނިމިގެންދިޔައީ އީސްޕޯރޓްސް ދާއިރާގެ އުޖާލާ ކުރިއެރުމުގެ އުއްމީދު އާވެގެންނެވެ.

އުރީދޫން މަސައްކަތް ކުރަނީ އީ ގޭމިން ދާއިރާ ރާއްޖޭގައި ކުރިއަރުވައި، ރާއްޖެއަށް، ބޭރުގެ ގޭމިން މުބާރާތްތަކުގައި ގޯލްޑް މެޑަލް ލިބޭނެ ފަދަ ކުޅުންތެރިން އުފެއްދުމަށް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު